ބަންގްލަދޭޝްގެ ޗިޓަގޮންގް މެޑިކަލް ހޮސްޕިޓަލް ---
ހަބަރު
31 Aug 2024 | 21:28
ބަންގްލަދޭޝްގައި ދެ ޑޮކްޓަރަކަށް ހަމަލާދިނީ ދިވެހީން ވީމައެއް ނޫން، އެރި އޮޅުމަކުން!

ބަންގްލަދޭޝްގައި ދިވެހި ދެ ޑޮކްޓަރަކަށް ހަމަލާދިނީ އެ ޑޮކްޓަރުންނަކީ ދިވެހީންނަށް ވެގެން ނޫން ކަމަށާއި، އެއީ އެވަގުތު ހިނގި މުޢާމަލާތްތަކެއްގައި އެރި އޮޅުމަކުންކަން ވޮއިސް އަށް ކަށަވަރު ވެއްޖެއެވެ. 

ބަންގްލަދޭޝްގެ ޗިޓަގޮންގް މެޑިކަލް ހޮސްޕިޓަލްގައި މަސައްކަތްކުރާ ދިވެހި އިންޓާން ޑޮކްޓަރުންނާ ހަވާލާދީ އެމައުލޫމާތު އެނގޭ ފަރާތަކުން ވޮއިސް އަށް މައުލޫމާތު ދިން ގޮތުގައި، އިއްޔެ ހަވީރު އެ ހޮސްޕިޓަލްގައި ދެ ދިވެހި އަންހެން ޑޮކްޓަރަކަށް ހަމަލާދިނީ އެމީހުންނަކީ ދިވެހީންނަށް ވެގެނެއް ނޫނެވެ. މި ހާދިސާ ހިނގާފައިވަނީ ހާޓް އެޓޭކެއް ޖެހިގެން މަރުވި ޕޭޝަންޓެއްގެ އާއިލާއިން، އެ ޕޭޝަންޓަށް ނުބައި އިންޖެކްޝަނެއް ދީގެން މަރާލީ ކަމަށް ހީކޮށް އެރި އޮޅުމަކުންނެވެ.

ނަމަވެސް، އެ ދެ ދިވެހި ޑޮކްޓަރުންގެ ޝިފްޓް ފެށުނު ފަހުން އެއްވެސް މެޑިކޭޝަނެއް އަދި އިންޖެކްޝަނެއްވެސް މަރުވި ޕޭޝަންޓަށް ދީފައި ނުވާކަމަށް ވޮއިސް އަށް މަޢުލޫމާތު ލިބިފައިވެއެވެ. މި ހާދިސާ ހިނގީ، މަރުވި މީހާގެ މަރުގެ ސެޓްފިކެޓް ތައްޔާރުކުރުމަށް އައިޑީ ކާޑު ނަގަން އާއިލާގެ ގާތަށް ދިޔަ ވަގުތުގައެވެ.

ދިވެހި އިންޓާން ޑޮކްޓަރުން ނެރުނު ބަޔާނެއްގައި ވެސް ބުނެފައިވަނީ، މި ހާދިސާއަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބަންގްލަދޭޝް މީހުން ޑީޕޯޓުކުރުމާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި މިއީ ދިވެހީންނަށް ވީތީ ދެވުނު ހަމަލާއެއް ނޫންކަމަށާއި، އެ ވަގުތު ބަންގްލަދޭޝްގެ ޑޮކްޓަރުން ޑިއުޓީގައި ތިބިނަމަ، އެމީހުންނަށްވެސް މިފަދަ ހަމަލާތައް އަމާޒުވާނެ ކަމަށެވެ.

އިންޓާން ޑޮކްޓަރުން އިލްތިމާސްކޮށްފައިވަނީ މި ހާދިސާ ސިޔާސީ ނުވަތަ ދެ ގައުމުގެ ޚާރިޖީ މައްސަލައެއްގެ ގޮތުގައި ސިފަނުކުރުމަށާއި، އެގޮތަށް ޚަބަރު ނުފެތުރުމަށެވެ. އަދި މިކަމާ ގުޅޭގޮތުން ހޮސްޕިޓަލްގެ ޑިރެކްޓަރާ ވާހަކަދައްކައި، ކުރިއަށް އޮތް ތަނުގައި ވޯޑުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އިންތިޒާމް ވަރުގަދަ ކުރާނެ ކަމުގެ ޔަގީންކަން ޑިރެކްޓަރު ދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.