ޒުވާން ހަތީބުން ޕްރޮގްރާމުގެ ދެވަނަ ބެޗުގައި ބައިވެރިވި ކުއްޖަކަށް ޑރ.ޝަހީމް ސެޓްފިކެޓް ދެއްވަނީ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހަބަރު
31 Aug 2024 | 22:53
ޒުވާން ހަތީބުންގެ ޕްރޮގްރާމުގެ 2 ވަނަ ބުރުން 209 ހަތީބުން ތަމްރީނުވެއްޖެ

ޒުވާން ހަތީބުންގެ ޕްރޮގްރާމުގެ 2 ވަނަ ބުރުން 209 ހަތީބުން ތަމްރީނުވެއްޖެއެވެ.

ޒުވާން ހަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ ދެވަނަ ބުރު ކާމިޔާބުކަމާއެކު ނިންމާލައިފައިވާއިރު، މި ޕްރޮގްރާމުގައި ބައިވެރިވި 209 ހަތީބުންނަށް އިސްލާމީ މަރުކަޒުގައި ބޭއްވުނު ޚާއްޞަ ޖަލްސާއެއްގައި ތަމްރީނު ފުރިހަމަކުރިކަމުގެ ލިޔުން ވަނީ ހަވާލުކޮށްފައެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިހާތަނަށް 300 އަށްވުރެ ގިނަ ޒުވާނުން މި ޕްރޮގްރާމު ފުރިހަމަކޮށްފައިވާކަމަށް ވިދާޅުވެ، މިއީ މުޖުތަމަޢަށް ވަރަށް ބޭނުންތެރި ޕްރޮގްރާމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި 1000 ހަތީބުން ތަމްރީނުކުރުމެވެ. މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި މި އަމާޒަށް ވާސިލުވެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތެވެ. އަދި ވަރަށް އަވަހަށް މި ޕްރޮގްރާމުގެ ތިންވަނަ ބެޗު ފެށޭނެ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.

މި ޕްރޮގްރާމުގައި ހުތުބާ ކިޔުމާއި، އިމާމުވެ ނަމާދުކުރުން ފަދަ ދީނީ އެހެނިހެން ތަމްރީނުތައްވެސް ހިމެނެއެވެ. ސްކޫލު ނިންމާފައިވާ ޒުވާނުންގެ އިތުރުން، ގްރޭޑް 10، 11 އަދި 12 ގައި ކިޔަވާ ދަރިވަރުންވެސް މި ޕްރޮގްރާމުގައި ބައިވެރިވަމުގެ ފުރުޞަތު ހުޅުވާލައިފައިވާކަން ފާހަގަކުރެވެއެވެ.

ޒުވާން ހަތީބުން ތައްޔާރުކުރުމުގެ މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ އިސްލާމީ ތަޢުލީމު ކުރިއެރުވުމަށާއި، ޒުވާނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެއްކަން ފާހަގަކުރެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.