ޔާންބެ ސައުތު އޭޝިއާ މުބާރާތުގެ ކާމިޔާބަށް ފަހު ޓްރޮފީ އުފުލާލަނީ -- ފޮޓޯ: މިހާރު
ހަބަރު
31 Aug 2024 | 23:13
މިސްޓަ މޯލްޑިވްސް ޔާންބެގެ ޞިއްޙީ ޙާލަތު ނާޒުކު: އާންމުންގެ އެހީތެރިކަމަށް އެދި ގޮވާލައިފި

މިސްޓަ މޯލްޑިވްސް ޔާންބެގެ ދެ ކިޑްނީ ފެއިލްވެ ޞިއްޙީ ޙާލަތު ނާޒުކުވެފައިވާއިރު، އޭނާ އާންމުންގެ އެހީތެރިކަމަށް އެދި ގޮވާލައިފިއެވެ.

ރާއްޖޭގެ ނަން މަޝްހޫރު ބޮޑީބިލްޑަރު އަދި ހަތަރު ފަހަރު މިސްޓަ މޯލްޑިވްސްގެ މަޤާމު ހޯދާފައިވާ މުޙައްމަދު ޔާމީން (ޔާންބެ) ގެ ދެ ކިޑްނީ ފެއިލްވެފައިވާކަން ހާމަކޮށްފައިވަނީ އިއްޔެއެވެ. މި ނާޒުކު ޞިއްޙީ ޙާލަތާ ގުޅިގެން ޔާންބެ ވަނީ އޭނާގެ ފަރުވާއަށް އާންމުންގެ އެހީތެރިކަމަށް އެދި ގޮވާލާފައެވެ.

ޔާންބެ ބުނިގޮތުގައި އޭނާގެ ކިޑްނީ ބަލީގެ ޙާލަތު ހުރީ އެންމެ ފަހު މަރުޙަލާގައެވެ. މިކަން އެނގުނީ މީގެ މަހެއްހާ ދުވަސްކުރިން ކަމަށްވާއިރު، ޑޮކްޓަރުންގެ ލަފާގައި ވަނީ ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށެވެ.

"ޒުވާން ވީމާ ޑޮކްޓަރުން ބުނީ އެންމެ ރަނގަޅުވާނީ ޓްރާންސްޕްލާންޓް ހެދުމޭ. އެ ނޫނީ ދެން އޮންނާނީ ޑަޔަލިސިސް ހެދުން،" 

ޔާންބެ ބުންޏެވެ.

މި ބަލީގެ ފަރުވާއަށް، ޚާއްޞަކޮށް ޓްރާންސްޕްލާންޓް ހެދުމަށް ބޮޑު އަދަދެއްގެ ފައިސާ ބޭނުންވާތީ، ޔާންބެގެ އުފަން ރަށް ށ. ފުނަދޫގެ ރައްޔިތުން ވަނީ ފަންޑް ރެއިޒިންގ ކެމްޕެއިނެއް ފަށާފައެވެ. ޔާންބެ ބުނީ ވަރަށް ބޮޑަށް ރައްޔިތުންގެ ކިބައިން އެހީތެރިކަމަށް އެދޭކަމަށެވެ. 

"އަޅުގަނޑު އެދެން ވަރަށް ބޮޑަށް އާންމުންގެ އެހީތެރިކަމަށް" 

ޔާންބެ

ޔާންބެ އަކީ ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވެސް އެންމެ ކާމިޔާބު އެއް ދިވެހި ބޮޑީބިލްޑަރެވެ. އޭޝިއާގެ ބޮޑީބިލްޑިން އަދި ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ 85 ކިލޯގެ ކެޓަގަރީން ރަން މެޑަލް ހޯދުމުގެ އިތުރުން، 2022 ގައި ބޭއްވުނު ބޮޑީ ބިލްޑިން ވޯލްޑް ޗެމްޕިއަންޝިޕްގެ ސުޕަ 90 ކިލޯގެ ކެޓަގަރީން ލޯ މެޑަލް ހޯދާފައިވެއެވެ.

ޔާންބެގެ މި ޙާލަތާ ގުޅިގެން ގިނަ ބަޔަކު ވަނީ އެހީތެރިވުމަށް އިސްނަގާފައެވެ. ޔާންބެއަށް އަވަސް ޝިފާއަކަށް "ވޮއިސް"ގެޓީމުން އެދެމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.