ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ކެބިނެޓް ބައްދަލުވުމެއްގައި: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
01 Sep 2024 | 09:50
އެފްޑީސީ އެޗްޑީސީގެ ދަށަށް އަދި އާރްއޭސީއެލް އެމްއޭސީއެލްގެ ދަށަށް ގެންނަނީ

ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ)ތައް ރިފޯމްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އެމްއޭސީއެލްގެ ދަށަށް އަދި ފަހިދިރިއުޅުން ކޯޕަރޭޝަން އެޗްޑީސީގެ ދަށަށް ބަދަލުކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މިއަދު މަޝްވަރާކުރައްވާނެކަމަށް ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދުގެ ކެބިނެޓް ބައްދަލުވުމަށް ވަޑައިގެންމެވުމުގެ ކުރިން މީޓީންގ ގައި މަޝްވަރާ ކުރެވިގެންދާނެ ކަންކަމާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މިއަދުގެ ކެބިނެޓް ބައްދަލުވުމަށް މުހިއްމުކަންތައްތަކެއް އެޖެންޑާކުރެވިފައިވާކަމަށެވެ.

އެގޮތުން، މިދިޔަ ހަފްތާގައި އެސްއޯއީ ރިފޯމްގެ ތެރެއިން އެސްޓީއޯގެ ދަށަށް ފެނަކަ ގެންދަން ނިންމާފައިވާ ނިންމުމަކީ ވަރަށް މުހިއްމު ނިންމުމެއްކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އެސްއޯއީ ރިފޯމްގެ މަސައްކަތުގެ ތެރެއިން މިއަދުވެސް މުހިއްމު މަޝްވަރާތަކެއް އެބަހުރިކަމަށެވެ.

"އެގޮތުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުން އަދި އެ ދެ ކުންފުނި އެކީގައި ހިންގޭނެ ގޮތްތަކެއް މަޝްވަރާކުރުން އެބަ އޮތް، އޭގެ ސަބަބުން ވާނެ ފައިދާތައް ވަރަށް ގިނަ ގުނަ، އަދި އެޗްޑީސީއާ ފަހިދިރިއުޅުން ކޯޕަރޭޝަން މި ދެ ކުންފުނި އެއްކޮށް ހިންގުން ނޫނީ އެ ކުންފުނި އެޗްޑީސީގެ ދަށުން ހިންގާ ކުންފުންޏަކަށް ހެދުން، މިވެސް ވަރަށް ފައިދާހުރި ކަމެއް"

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު

މީގެއިތުރުން މޯލްޑިވްސް ފަންޑް ލިމިޓެޑް ކޯޕަރޭޝަން އަދި ބީސީސީ އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދުމަށް މަޝްވަރާކުރުމަށް ވެސް މިއަދަށް އެޖެންޑާކޮށްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެއާއެކު ރައީސް މުއިއްޒު ވަނީ، އިގުތިސާދު ސިންދަފާތުކުރަން ބޭރުގެ ބައެއް ގައުމުތަކެކޭ އެއްގޮތަށް އިންވެސްޓާ ރެސިޑެންސީ ޕްރޮގްރާމެއް ތައާރަފުކުރަން ވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރަން ނިންމާފައިވާ ކަން ހާމަކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ