ރަޝިޔާގެ ތެޔޮ ރިފައިނަރީއެއްގައި ރޯވެ އަންދަނީ
ދުނިޔެ
02 Sep 2024 | 15:29
ރަޝިއާގެ ތެލުގެ މަރުކަޒަކަށް ޔޫކްރެއިންގެ ވަރުގަދަ ހަމަލާއެއް

ޔޫކްރެއިންއިން ރަޝިޔާގެ މޮސްކޯގެ ތެޔޮ ސާފުކުރާ ބޮޑު ފެކްޓްރީއަކަށް ހަމަލާދީފައިވާކަމަށް މީޑިއާތަކުން ބުނެފިއެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާ ބުނާގޮތުން އެ ގައުމުގެ 15 ސަރަޙައްދެއްގައި ހުރި ތެލުގެ މަރުކަޒުތަކާއި އިންޖީނުގެތަކަށް ހަމަލާދިނުމަށް ޔުކްރެއިނުން 158 ޑްރޯން ފޮނުވާލި ކަމަށާއި އޭގެ ތެރެއިން 150 ޑްރޯން ވައްޓާލާފައިވާނެ ކަމަށްށެވެ.

އޭގެ ތެރެއިން އެ ޑްރޯން ގޮއްވާލާފައިވަނީ ދައުލަތުގެ ހަކަތަ އުފައްދާ ކުންފުންޏެއް ކަމަށްވާ ގަޒްޕްރޮމްގެ ހިއްސާ އޮންނަ މޮސްކޯގެ ބޮޑު ރިފައިނަރީއެއްގެ މަތީގައި ކަމަށާއި އަނެއް ޑްރޯން ގޮއްވާލާފައިވަނީ ޓްވާ ސަރަހައްދުގެ އިންޖީނުގެއަކަށް ކަމަށް އޮފިޝަލުން ވަނީބުނެފައެވެ.

ރަޝިއާގެ މަޝްހޫރު ޓީވީ ނެޓްވާކު "އާރުޓީ" ބުނާގޮތުން ޔުކްރެއިނުން އެއްފަހަރާ ގިނަ ޢަދަދެއްގެ ޑްރޯންތަކެއް ބޭނުންކޮށްގެން ހަމަލާދިނީ ރަޝިއާގެ ދިފާއީ ނިޒާމުތަކަށް ލޮޅުން އަރުވާލުމުގެ ބޭނުމިގައިކަމަށެވެ.

އަދި އޭގެ ތެރެއިން ގިނަ އަދަދެއްގެ ޑްރޯން ވެރިރަށް މޮސްކޯގެ ސަރަހައްދަށް ފޮނުވާލީ ރަޝިއާގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ހުއްޓުވާލުމުގެ ބޭނުމުގައި ކަމަށްވެސް އާރުޓީ އިންވަނީ ބުނެފައެވެ.

މޮސްކޯގެ މޭޔަރު ސަރްގެއި ސޮބްޔާނިން ވިދާޅުވީ މޮސްކޯގެ ރިފައިނަރީއަށް ގޮއްވާލި ޑްރޯންގެ ސަބަބުން ޕްލާންޓާ ޖެހިގެން ހުރި ޓެކްނިކަލް ފެސިލިޓީއަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި އިމަޖެންސީ ސާވިސަސްއިން އަލިފާން ނިއްވާލާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި ޕްލާންޓްގެ މަސައްކަތަށް އެއްވެސް އަސަރެއް ކޮށްފައި ނުވާ ކަމަށް އޭނާ ވަނީ ވިދާޅުވި އެވެ.

ނަމަވެސް އަދި މި ހާދިސާއާގުޅިގެން ކިއޭވް އިން އެއްވެސް އެއްޗެއްބުނެފައި ނަވާކަމަށް މީޑިއާތަކުންވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.