ފިލިޕޯންސް ގައި ފެންބޮޑުވުމިގެ ސަބަބުން ރެސްކިއު ޓީމެއް ހަރަކާތްތެރިވަނީ: ފޮޓޯ/އަލް-ޖަޒީރާ
ދުނިޔެ
02 Sep 2024 | 16:00
ފިލިޕީންސް ގައި ފެންބޮޑުވެ 11 މީހުން މަރުވެއްޖެ

ފިލިޕީންސްގައި އުފެދިފައިވާ ބާރުގަދަ ތޫފާނެއްގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 11 މީހުން މަރުވެއެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ބުނެފިއެވެ.

ހޯމަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި އެރި ޓްރޮޕިކަލް ތޫފާން ޔާގީ އަރާފައިވަނީ އެގައުމުގެ އުތުރށެވެ. މި ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ގިނަ ސަރަހައްދުތަކެއްގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިންގަމުންދާކަމަށްވެސް މީޑިއާތަކުން ވަނީ ބުނެފައެވެ.

އަދި މީގެ އިތުނުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މެނީލާގެ ސްކޫލްތަކާއި ސަރުކާރު އޮފީސްތައް ބަންދުކޮށްފައިވާއިރު، ގެއްލުން ލިބުނު ސަރަހައްދުތަކުގައި ފެރީގެ ހިދުމަތް މެދުކަނޑާލައި އެތެރޭގެ 29 ފްލައިޓެއް ވަނީ ކެންސަލްކޮށްފަ އެވެ.

ސިޓީގެ އިންފޮމޭޝަން އޮފިސަރަކު އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެންޓިޕޯލޯގެ މެނީލާ އަވަށުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މާބަނޑު އަންހެނަކާއެކު ތިން މީހަކު މަރުވެފައިވާ ކަމަށެވެ.

އަދި ގެނބިގެން މަރުވި އިތުރު ހަތަރު މީހެއްގެ ހަށިގަނޑު ވެސް ހޯމަ ދުވަހު ވަނީ ފެނިފައިވާކަމަށް ވަނީ ބުނެފައެވެ.

އިރުމަތީގެ ސިޓީއެއް ކަމަށްވާ ނާގާއަށް ޔާގީ ތޫފާނުގެ އަސަރުކޮށް ފެންބޮޑުވެ ގެނބިގެން ކުޑަ އަންހެން ކުއްޖަކާއި އިތުރު ދެ މީހަކު މަރުވެފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ކޮންމެ އަހަރަކު ވެސް ޖޫން މަހުގެ ފަހުކޮޅުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް ފިލިޕީންސްއާއި އެ ސަރަހައްދުގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދަށް 20 ވަރަކަށް ބޮޑު ތޫފާންތައް އަރައި ގެތަކަށާއި އުމްރާނީ ވަސީލަތްތަކަށް ގެއްލުންލިބި އެތައް ބަޔަކު މަރުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.