ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިން ތަކެއް: ފޮޓޯ/ ވިސިޓް މޯލްޑިވްސް
ހަބަރު
03 Sep 2024 | 11:17
ޖަރުމަނުވިލާތުގައި ރާއްޖެ ތަމްސީލުކުރުމަށް އޭޖެންސީއެއް ހޯދަނީ

ޖަރުމަނުވިލާތުގައި ރާއްޖެ ތަމްސީލުކުރުމަށް އޭޖެންސީއެއް ހޯދުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިޢުލާންކޮށްފިއެވެ.

އެމްއެމްޕީއާރުސީ އިން ބުނީ ރާއްޖޭގެ ފަތުރުވެރިކަމަށް ޖަރުމަން މީހުން އަހުލުވެރިކުރުމަށާ، އެޤައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އެ ގައުމުގައި ރާއްޖެ ތަމްސީލުކުރުމަށް އެޖެންސީއެއް ހޯދަމުންދާ ކަމަށެވެ. އަދި އެޖެންސީ އެގައުނުގައި މަސައްކަތްކިރާނީ އެއް އަހަރު ދުވަހުގެ މުއްދަތައްކަށް ކަމަށެވެ.

އެމްއެމްޕީއާރުސީން ބުނެފައިވާ ގޮތުން، މަޝްރޫއުއަށް ބީލަން ހުށަހަޅާ އެޖެންސީއަކީ ފާއިތުވި ފަސް އަހަރު ތެރޭގައި އެފަދަ މަސައްކަތެއްގެ ތަޖުރިބާ ލިބިފައިވާ އެޖެންސީއަކަށް ވާންޖެހޭނެއެވެ. އަދި އެފަދަ ތަޖުރިބާއެއް ލިބިފައި ނެތް ނަމަ، ނުވަތަ މިކަމަށް އެދި ހުށަހަޅާއިރު ތަޖުރިބާގެ ލިޔުމެއް ނުވަތަ އީމެއިލްއެއް ހުށަހަޅާފައި ނުވާނަމަ ޑިސްކޮލިފައިވާނެ ކަމަށް އެމްއެމްޕީއާރުސީ އިން ބުނެފައިވެއެވެ. އަދި އެފަދަ އެޖެންސީ ވާންޖެހޭނީ ރާއްޖެއާއި ޖަރުމަނުވިލާތުގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ހޭލުންތެރި ބަޔަކަށް ކަމަށްވެސް ބުނެފައިވެއެވެ.

ޖަރުމަނުވިލާތަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ 10 ގައުމުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ. ޖަރުމަނުވިލާތު ހިމެނެނީ މި 10 ގައުމުގެ ތެރެއިން 5 ވަނައިގައެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް 96000އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1.3 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.