ކުޑަކުދިންގެ ހައްޤުތަކާއި ރައްކާތެރިކަމާއި ގުޅޭ ޤައުމީ ޕްލޭން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވާހަކަފުޅު ދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
03 Sep 2024 | 13:02
އަނިޔާއިން އެއްކިބާވެފައިވާ މާޙައުލެއްގައި ކުއްޖާ ހެދިބޮޑުވުމުގެ ފުރުސަތު ސަރުކާރުން ހޯދައިދޭނެ: މެޑަމް ސާޖިދާ

އަނިޔާއިން އެއްކިބާވެފައިވާ މާޙައުލެއްގައި ކުއްޖާ ހެދިބޮޑުވުމުގެ ފުރުސަތު ސަރުކާރުން ކަށަވަރުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ ހައްޤުތަކާއި ރައްކާތެރިކަމާއި ގުޅޭ ޤައުމީ ޕްލޭން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، ކުޑަކުދިންނަކީ ގައުމުގެ މުސްތަގުބަލު ކަމަށެވެ. އަދި އެކުދިންނަށް ރައްކާތެރި މާހައުލެއް ޤާއިމުކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.

“ސަރުކާރުގެ މެނިފެސްޓޯ އާއި އެއްގޮތަށް ތަންފީޒު ކުރެވެމުންދާ ”ކޮންމެ ކުއްޖަކަށް އާއިލާއެއް"މި ޝިއާރުގެ ދަށުން ދައްކުވައިދެނީ ކޮންމެ ކުއްޖަކަށްވެސް ލޯބިވާ އަޅާލާ ޢާއިލީ މާހައުލެއް ހޯދައިދިނުމަށް އަޅުގަނޑުމެން ސާބިތުކަމާއެކު ދެމިތިބޭނެކަން. ނަމަވެސް ހަމައެކަނި ލަފުޒުތަކުން ނުފުދޭ. ކުޑަކުދިންނަށް ކުރާ އަނިޔާއާއި ގޯނާގެ މައްސަލަތަކުގައި ވަގުތުން ފިޔަވަޅު އަޅަންޖެހޭނެ" ސާޖިދާ ވިދާޅުވިއެވެ.

އެގޮތުން، ކުޑަކުދިންނަށް ކުރާ އަނިޔާހުއްޓުވުމާއި، އެކަމަށް އިޖާބަދިނުމާ ބެހޭ ޤައުމީ އެކްޝަން ޕްލޭން އިފްތިތާޙްކުރުމާއެކު، ކުޑަކުދިންނަށް ކުރާ އަނިޔާއާއި ގުޅޭ ގިނަ މައްސަލަތަކެއް ހައްލުވެގެންދާނެކަމަށް މެޑަމް ސާޖިދާ ވަނީ ވިދާޅުވެފައެވެ.

މި ޕްލޭނަކީ ހަމައެކަނި ޕޮލިސީއެއް ނޫން. މިއީ ކުޑަކުދިންނަށް ކުރާ އަނިޔާހުއްޓުވައި، އެކުދިން ހިމާޔަތްކޮށް، އެކަމަށް އިޖާބަ ދޭނެ ގޮތްތައް ބަޔާންކުރާ، ވަރަށް ފުރިހަމަ ސާފު މަގުޗާޓެއް. އަޅުގަނޑުމެންގެ ތަޞައްވުރު ވަރަށް ސާފު، ކުޑަކުއްޖަކު އަނިޔާއިން އެއްކިބާވެފައިވާ މާޙައުލެއްގައި ހެދިބޮޑުވުމުގެ ފުރުސަތު ފަހިކޮށް، ޒިންމާދާރު ހަރުދަނާ ފަރުދަކަށް ހަދަންޖެހޭނެ. މި ތަޞައްވުރު ގެނައުމަށްޓަކައި އެންމެން ގުޅިގެން އެއްބައިވަންތަކަމާއެކު މަސައްކަތްކުރަންޖެހޭ. އަދި މިކަމަށް ހޭލުންތެރިކަން އިތުރުކުރަން ޖެހޭ"

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު

ސާޖިދާ ވިދާޅުވީ އެހެންމީހުންގެ ފަރާތުން އަނިޔާ ލިބުފައިވާ މީހުންނަށް ބޭނުންވަނީ ހަމައެކަނި ރައްކާތެރިކަން ނޫން ކަމަށެވެ. އެހެނެއްކަމަކު، އެ އަނިޔާގެ ސަބަބުން އެމީހުންނަށް ލިބިފައިވާ ޝޮކުން އަރައިގަތުމަށް އެހެން މީހުންގެ އަޅާލުމާއި އެއްބާރުލުން ބޭނުންވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. 

”މި އެކްޝަންޕްލޭނާއެކު އަޅުގަނޑުމެން މި ޔަގީންކޮށްދެނީ, ކުޑަކުދިންގެ ރައްކާތެރިކަމާއި، ދުޅަހެޔޮކަމާއި އަދި މުސްތަގުބަލަކީ ސަރުކާރުން އެންމެ އިސްކަންދޭ ކަންތައް ކަން. “ ސާޖިދާ ވިދާޅުވިއެވެ.

މިއާއެކު ސާޖިދާ ވިދާޅުވީ ކުޑަކުދިންނަށް ލިބޭ އަނިޔާއިން ސަލަމާތް ކުރުމަކީ ހަމައެކަނި އެކަކުގެ ޒިންމާއެއް ނޫން ކަމަށާއި އެންމެން އެކުގައި މަސައްކަތްކޮށްގެން އެ މަޤްސަދު ހާސިލްކުރެއްވޭނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.