އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި އުފައްދާ ތަނެއް ބަލައި ފާސްކުރަނީ-- ފޮޓޯ: އިމިގްރޭޝަން
ހަބަރު
03 Sep 2024 | 20:54
ޢާއްމު ކާބޯތަކެތި އުފައްދާ ވިއްކުމުގެ އުސޫލު އާންމުކޮށްފި

އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި އަމަލު ކުރަންވީ އުސޫލު އާއްމުކޮށްފިއެވެ. 

މި އުސޫލު ޝާއިޢުކޮށްފައިވަނީ ޞިއްޙަތާބެހޭ ވުޒާރާގެ ވެބްސައިޓާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ދިރިތި ޕޯޓަލްގައެވެ.

މި އުސޫލުގެ ދަށުން، ގޭގައި ކާބޯތަކެތި އުފައްދާ ވިއްކާ ފަރާތްތަކުން އެމްއެފްޑީއޭގެ ދިރިތި ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީވާން ޖެހޭނެއެވެ.

އުސޫލުގައި ކާބޯތަކެތި އުފައްދާ ތަނުގެ ޝަރުޠުތަކާއި، ބޭނުންކުރާ ސާމާނުގެ މިންގަނޑުތަކާއި، އުފައްދާ މީހުންގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކޮށްފައިވެއެވެ. އަދި ކާބޯތަކެތި ތައްޔާރުކުރުމާއި، ރައްކާކުރުމާއި، އުފުލުމާއި، ކުނި ނައްތާލުމާ ގުޅޭ އިރުޝާދުތައްވެސް ހިމަނާފައިވެއެވެ.

މި އުސޫލު ނެރުމުގެ ބޭނުމަކީ ކާބޯތަކެތި އުފެއްދުމުގައި ސާފުތާހިރުކަން ކަށަވަރުކުރުމާއި، ރައްޔިތުންގެ ޞިއްޙަތު ރައްކާތެރިކުރުމެވެ. މީގެ ކުރިން ބައެއް ތަންތަނުގައި ނުސާފު ޙާލަތުގައި ކާބޯތަކެތި އުފައްދާ ވިއްކާކަމުގެ ޝަކުވާތައް އުފުލިފައިވެއެވެ.

މި އުސޫލުގައި ހިމެނޭ އާއްމު ޝަރުތުތައް: 

- ކާބޯތަކެތި ތައްޔާރުކުރާ ފަރާތަކީ 'ބޭސިކް ފުޑް ސޭފްޓީ ކޯސް' ފުރިހަމަކޮށްފައިވާ ފަރާތެއް ކަމުގައިވުން ނުވަތަ އެމްއެފްޑީއޭއިން ހިންގާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން.

- ގޭގައި ދިރިއުޅޭ މީހުން ފިޔަވައި އިތުރު މުވައްޒަފުންނާއި މަސައްކަތު މީހުން ބޭނުން ނުކުރުން.ކާބޯތަކެތި ތައްޔާރުކުރާ ވަގުތުތަކުގައި ކަމާއި ނުގުޅޭ މީހުން ބަދިގެއަށް ނުވެއްދުން.

- ކާބޯތަކެތި ތައްޔާރުކުރާ ވަގުތުތަކުގައި ކަމާއި ނުގުޅޭ މީހުން ބަދިގެއަށް ނުވެއްދުން.

- ވަހާއ،ި ދުމާއ،ި ކުނި އަދި ގަދަ އަޑުގެ ސަބަބުން އާންމުންގެ ސިއްހަތަށް ނުރައްކާ ވެދާނެ ފަދަ މަސައްކަތަކަށް ނުވުން.

- ފުޅާ ދާއިރާއެއްގައި ކާބޯތަކެތި އުފައްދަން ގެންގުޅޭ ފަދަ ބޮޑެތި އާލާތްތައް ބޭނުން ނުކުރުނ.ް (މިސާލު: އިންޑަސްޓްރިއަލް އަވަން)

- ހެދިކާ ވިއްކަން ބަހައްޓާއިރު އެތަކެތި އަޅާފައިވާ ކޮންޓެއިނަރުގައި އުފެއްދި ތަނުގެ ނަމާއި ކާބޯތަކެތި ތައްޔާރުކުރުމަށް ހުއްދަ ދޭ ފަރާތުން ތަނަށް ދޫކޮށްފައިވާ ރަޖިސްޓްރީ ނަންބަރު ލޭބަލް ކުރުން.

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Jun 2026
ހިދުމަތުގައި 25 އަހަރުވެ ވަކިވާ ފުލުހުންނަށް ބޭސްފަރުވާ ހަމަޖައްސަައިދެނީ
ވިދާޅުވީ، ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރާ ފުލުހުންނަށް ދެވޭ އިނާޔަތް ހިސާބުކުރުުގައި އޮތް ލިމިޓް ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ. އެގޮތުން އެ ފުލުހަކު ހިދުމަތްކޮށްފައިވާ މުއްދަކަށް ބަލައި ލިބޭ އިނާޔަތް ހަމަޖައްސައިދެއްވާނެ ކަމަށެވެ.
28 Jun 2026
އޭސީސީގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދު އިސްލާޙު ކޮށްފި
މި އިޞްލާޙުގެ ދަށުން ކަނޑައަޅާފައިވާ މުއްދަތަށް މައްސަލަ ނުނިންމޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، މުއްދަތު އިތުރުކުރެވޭނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން، މުއްދަތު މުރާޖަޢާކޮށްގެންނެވެ.
28 Jun 2026
އުރީދޫ ނޭޝަން ކަޕް 2026 ގެ ޗެމްޕިއަންކަން ޒަމީލް ހޯދައިފި
ދެކުނު ކޮރެއާ ތަމްސީލުކުރި މުޙައްމަދު ޒަމީލް ޒިހުނީ އުރީދޫ ނޭޝަން ކަޕް 2026 އީ-ސްޕޯޓްސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި 8،000 ރުފިޔާއާއި ހައިސެންސް ޓީވީ އިނާމަށް ހޯދައިފި އެވެ.
28 Jun 2026
އެމްއޭސީއެލް އިން ތިން މުއައްސަސާއަކާ ފަހުމުނާމާގައި ސޮއިކޮށްފި
އެމްއޭސީއެލް އިން އެންޑީއެމްއޭ އާއި އެމްއެމްއެސް އަދި އެމްއާރްސީ އާ އެކު ވެލާނާ އެއަރޕޯޓުގެ ކާރިސާތަކާއި ކުއްލި ހާލަތްތައް މެނޭޖްކުރުމުގެ ޤާބިލުކަން ވަރުގަދަކުރުމަށް ފަހުމުނާމާގައި ސޮއިކޮށްފި
28 Jun 2026
ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ދެ ބިދޭސީން ހައްޔަރުކޮށްފި
ފުލުހުން ބުނީ، މި ޖޫން މަހުގެ 26 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ހިންގި އޮޕަރޭޝަންގައި، އެ މީހުން ހައްޔަރުކޮށް، އެ މީހުން ދިިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު 15 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.
28 Jun 2026
ހިންމަފުށީގައި ޑްރަގް ފަރުވާއަށް ބޮޑު ސެންޓަރެއް ހަދަނީ، 18 މަހުން ނިންމާނެ
ވަޒީރު ވިދާޅުވީ އަމާޒަކީ 18 މަސް ދުވަހުގެ ތެރޭގައި ހިންމަފުށީ ސެންޓަރުގެ މަސައްކަތް ނިންމާލުން ކަމަށެވެ.
28 Jun 2026
ގްރޫޕްގެ އެންމެ ފަހު މެޗުންވެސް އާޖެންޓީނާއަށް މޮޅެއް، މެސީ ރަންބޫޓާ ދިމާލަށް
އާޖެންޓީނާ ހިމެނޭ ގްރޫޕްގެ ނޮކްއައުޓްބުރަށް ދަތުރުކުރި އަނެއް ދެ ޓީމަކީ އޮސްޓްރިއާ އަދި އަލްޖީރިއާއެވެ.
28 Jun 2026
ވޯލްޑް ކަޕްގައި ޖެހިޖެހިގެން 7 މެޗުގައި ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑް މެސީއަށް
މި ގޯލާ އެކު މެސީ ވެފައިވަނީ ވޯލްޑް ކަޕްގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ގޯލް ޖެހި ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފައެވެ. އެއީ ޖެހިޖެހިގެން ހަތް މެޗެވެ. މީގެ ކުރިން މި ރެކޯޑު ހިފެހެއްޓީ ފްރާންސްގެ ޖަސްޓް ފޮންޓެއިން އާއި ބްރެޒިލްގެ ޖައިރްޒީނިއޯ އެވެ. އެއީ ޖެހިޖެހިގެން 6 މެޗުގައި ގޯލުޖަހައިގެންނެވެ.