އެމްއެމްއޭ ---
ހަބަރު
03 Sep 2024 | 21:38
އެމްއެމްއޭއަށް ފަސް މެނޭޖިން ޑިރެކްޓަރުން ހޯދަން އަނެއްކާވެސް އިޢުލާންކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ފަސް މެނޭޖިން ޑިރެކްޓަރުން ހޯދުމަށް އަނެއްކާވެސް އިޢުލާންކޮށްފިއެވެ.

މި އިޢުލާނަކީ މިދިޔަ މަހުގެ 8 ވަނަ ދުވަހު ކުރި އިޢުލާނަށް އެކަށީގެންވާ އަދަދަކަށް ޝަރުތު ހަމަވާ ފަރާތްތަކުގެ އެޕްލިކޭޝަން ލިބިފައިނުވާތީ، އަލުން ކުރި އިޢުލާނެކެވެ.

އެމްއެމްއޭއިން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ، ކުރީގެ އިޢުލާން ބާޠިލުކޮށް، ޓަރމްސް އޮފް ރިފަރެންސްއަށް ބަދަލުގެނެސް އަލުން މި ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. މި މަޤާމުތަކަށް ބޭނުންވަނީ ހުނަރުވެރި، ޤާބިލު އަދި އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތައް ކަމަށް އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، މި ފަސް މެނޭޖިން ޑިރެކްޓަރުންގެ މަޤާމުތަކަކީ އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުޞަތު އޮތް މަޤާމުތަކެއްކަން އެމްއެމްއޭއިން ކުރި އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ. ކުރީގެ އިޢުލާނުގެ މުއްދަތު ހަމަވެފައިވަނީ އޮގަސްޓް 22 ގައެވެ.

އެމްޑީން ހޯދުމަށް އަލަށް އުފެއްދި ދާއިރާތައް

· މަނިޓަރީ ޕޮލިސީ، ރިސަރޗް އެންޑް ސްޓެޓިސްޓިކްސް

· ފައިނޭންޝަލް ސްޓެބިލިޓީ

· ބޭންކިންގ އޮޕަރޭޝަންސް

· ކޯޕޮރޭޓް ސަރވިސަސް

· ފައިނޭންޝަލް ސެކްޓަރ ޑިވަލަޕްމަންޓް

މި މަގާމުތަކުގެ މުސާރައާއި އިނާޔަތުގެ ގޮތުގައި 50،000ރ. އާއި 55،000ރ. އާ ދެމެދުގެ އަދަދެއް ލިބޭނެކަމަށް އެމްއެމްއޭއިން ބުނެއެވެ. މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 17 ވަނަދުވަހުގެ 13:00ގެ ކުރިން ހުށައެޅުމަށް މަރުކަޒީ ބޭންކުން ވަނީ ހުޅުވާލާފައެވެ. މި މަގާމުގެ މުއްދަތަކީ ފަސް އަހަރުގެ ދެ ދައުރެވެ.      

ކޮމެންޓް
އަހުމަދު ނަޝާތު
ކީކުރަން ބޭކާރު ކަންކަން ކުރަނީ
05 Sep 2024
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ