އަލަށް ގާނޫނީ ވަކީލު ކަމުގެ ހުއްދަ ހޯއްދެވި ވަކީލުން ---- ފޮޓޯ: ސަން
ހަބަރު
03 Sep 2024 | 22:12
އަލަށް އަށް ވަކީލަކު ގާނޫނީ ވަކީލު ކަމުގެ ހުވާކުރައްވައިފި

ގާނޫނީ ދާއިރާއަށް އަލަށް ގުޅިވަޑައިގެންނެވި 8 ވަކީލަކު ވަކީލުކަމުގެ ހުވާ ކުރައްވައި ވަކީލުގެ ހުއްދަ ހޯއްދަވައިފިއެވެ.

މިއަދު ބާ ކައުންސިލުން ބޭއްވި މި ރަސްމިއްޔާތުގައި ވަކީލުންނަށް ހުވާލައިދެއްވީ ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރު ހުސައިން މަޒީދެވެ. އަދި ވަކީލުކަމުގެ ހުއްދަ ހަވާލުކޮށްދެއްވީ ބާ ކައުންސިލްގެ ރައީސް ހުސައިން ސިރާޖެވެ.

ބާ ކައުންސިލްގެ ރައީސް ހުސައިން ސިރާޖް މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިގޮތުގައި، މިއަހަރުގެ މިހާތަނަށް 407 ބޭފުޅަކު ގާނޫނީ ދާއިރާއާ ގުޅި، ވަކީލުކަމުގެ ހުވާ ކުރައްވާފައިވާކަން ފާހަގަކުރެއްވިއެވެ.

"މިއީ ގާނޫނީ ދާއިރާއަށް އަންނަ ހެޔޮ ބަދަލުތަކުގެ ހެއްކެއް، އަދި މިއީ ރާއްޖޭގެ ޒުވާނުން ގާނޫނީ ދާއިރާއަށް ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް، 

ސިރާޖް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރު ހުސައިން މަޒީދު ވިދާޅުވި ގޮތުގައި، ގާނޫނީ ވަކީލުކަމަކީ ވަރަށް މުހިންމު އަދި ޒިންމާދާރު މަޤާމެކެވެ.

"ގާނޫނީ ވަކީލުކަން ކުރުމުގެ ޒިންމާއަކީ ކުޑަ ކަމެއް ނޫން. އެއީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް," 

މަޒީދު ވިދާޅުވިއެވެ.

އަދި އެ ޒިންމާ އަދާކުރުމުގައި ފަރުވާކުޑަ ކުރެވިއްޖެނަމަ، އެކަމުގެ ސަބަބުން ވަރަށް ގިނަ ބަޔެއްގެ ޙައްޤުތައް ގެއްލި، އިޢާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ކުރިމަތިވެދާނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.

ފަނޑިޔާރު މަޒީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފަނޑިޔާރުންނަށް އަދުލު އިންސާފުން މައްސަލަތައް ނިންމުމުގައި ވަކީލުންގެ ދައުރު ވަރަށް މުހިންމެވެ.

"ގާނޫނީ ވަކީލުން ދިރާސާ ކުރައްވައިގެން، ތައްޔާރުވެވަޑައިގެން އެކުރައްވާ ވަކީލުކަމަކީ ނުވަތަ އެ ހުށަހަޅުއްވާ ހުށަހެޅުންތަކަކީ އަދުލު އިންސާފު ޤާއިމު ކުރުމަށް ފަނޑިޔާރުންނަށް ވެދެވޭ ވަރަށް ބޮޑު އެހީތެރިކަމެއް," 

މަޒީދު ވިދާޅުވިއެވެ.

ބާ ކައުންސިލްގެ ރައީސް ސިރާޖް އިތުރަށް ވިދާޅުވީ، ގާނޫނީ ދާއިރާއަކީ އަބަދުވެސް ބަދަލުތައް އަންނަ ދާއިރާއެއް ކަމަށާއި، ބަދަލުވަމުންދާ އިޤްތިޞާދީ، އިޖްތިމާޢީ އަދި ސިޔާސީ ޙާލަތްތަކާ ގުޅިގެން އާ ޤާނޫނުތައް ތަޢާރަފުކުރަމުން އަންނަ ކަމަށެވެ. "ރާއްޖޭގައި ތަޢާރަފުކުރާ ގިނަ ޤާނޫނުތަކަކީ ދުނިޔޭގެ ތަހުޒީބުވެފައިވާ މުޖުތަމަޢުތަކުގައި ހުރި ޤާނޫނުތަކާ ވަރަށް ގިނަ ގޮތްގޮތުން އެއްގޮތް ޤާނޫނުތަކެއް," ސިރާޖް ވިދާޅުވިއެވެ.

މި ބަދަލުތަކާ ގުޅިގެން، ސިރާޖް ވަކީލުންނަށް އިރުޝާދު ދެއްވީ އަބަދުވެސް އައު ކަންކަން ދަސްކުރަމުން ދިއުމުގެ މުހިންމުކަމަށެވެ.

"ވަކީލުކަމުގައި މަސައްކަތްކުރާއިރު، އަލަށް ދަސްކުރަންޖެހޭ ކަންތައްތަކާއި މުރާޖަޢާ ކުރަންޖެހޭ ކަންތައްތަކާއި ދިރާސާ ކުރަންޖެހޭ ކަންތައްތައް، މި ދާއިރާއިން ކިޔެވިއިރަށް ވުރެ ގިނައިން ކުރަން ޖެހޭނެ," އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތަކީ ބާ ކައުންސިލުން ވަކީލުންނަށް ހުވާލައިދެއްވުމަށް މި އަހަރު ބޭއްވި ތިން ވަނަ ހަފްލާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.