މި ހަމަލާތަކަކީ ޔޫކްރެއިން ހަނގުރާމައާއި ގުޅުންހުރި ހަމަލާތަކެއް ކަމަށް ބެލެވޭ ---
ދުނިޔެ
03 Sep 2024 | 23:14
ރަޝިޔާ އާއި ބެލަރޫސްގެ އެކިއެކި ދާއިރާތަކަށް ހެކަރުން ހަމަލާދޭން ފަށައިފި

ރަޝިޔާ އާއި ބެލަރޫސްގެ އެކިއެކި ދާއިރާތަކަށް އަމާޒުކޮށްގެން 'ހެޑް މެއަރ' ނަމަކަށް ކިޔާ ހެކަރުންގެ ޖަމާޢަތަކުން ސައިބަރ ހަމަލާތަކެއް ދޭން ފަށައިފިއެވެ.

މި ޖަމާޢަތުން މިހާތަނަށް 9 ތަނަކަށް ހަމަލާދީފައިވާ ކަމަށް ބެލެވެއެވެ. މީގެ ތެރޭގައި ސަރުކާރުގެ އިދާރާތަކާއި، ހަކަތައިގެ ދާއިރާއާއި، ދަތުރުފަތުރުގެ ދާއިރާއާއި، އުފެއްދުންތެރިކަމުގެ ދާއިރާ އަދި މުނިފޫހިފިލުވުމުގެ ދާއިރާގެ ތަންތަން ހިމެނެއެވެ.

މި ހަމަލާތަކުގައި ހެކަރުން ބޭނުންކޮށްފައިވަނީ ވިންރާރު (WinRAR) ސޮފްޓްވެއަރގައި ހުރި ސެކިއުރިޓީ މައްސަލައެކެވެ. މި މައްސަލައަކީ CVE-2023-38831 ގެ ނަމުން މަޝްހޫރު، އާރޝިފް ކުރެވިފައިވާ ފައިލްތަކުގައި މެލްވެއަރ ފޮރުވުމަށް ބޭނުންކުރެވޭ ކަމެކެވެ.

ހެކަރުން އެމީހުންގެ ހަމަލާތަކުގައި ބޭނުންކުރަނީ 'ފެންޓަމްކޯ' އަދި 'ފެންޓަމްޑީއެލް' ނަމަކަށް ކިޔާ ޚާއްޞަ މެލްވެއަރއެކެވެ. މި މެލްވެއަރ މެދުވެރިކޮށް ޓާގެޓް ކުރެވޭ ޖަމާޢަތްތަކުގެ ޑިވައިސްތަކަށް ވަދެ، 'ލޮކްބިޓް' ނުވަތަ 'ބަބުކް' ބޭނުންކޮށްގެން އެ ޑިވައިސްތައް އެންކްރިޕްޓް ކުރެއެވެ. އަދި މި ޑޭޓާ ޑީކްރިޕްޓް ކުރުމަށް އެދެއެވެ.

މި ހަމަލާތަކުގެ މަޤްޞަދަކީ ގެއްލުން ދިނުން ކަމަށް ބެލެވުނު ނަމަވެސް، ފައިސާ ހޯދުމަށް ވެސް މަސައްކަތް ކުރާކަން ފާހަގަކުރެވެއެވެ. ހެކަރުން ވަނީ ހޯދާފައިވާ މަޢުލޫމާތުތައް އެކްސް މެދުވެރިކޮށް ހާމަކޮށްފައެވެ. މީގެ ތެރޭގައި ޖަމާޢަތްތަކުގެ ނަންތަކާއި، އިދާރީ ކޯޑުތަކާއި އަދި ކޮމްޕިއުޓަރ ޑެސްކްޓޮޕްގެ ސްކްރީންޝޮޓްތައް ހިމެނެއެވެ.

މި ހަމަލާތައް އަންނަނީ ރަޝިޔާ-ޔުކްރެއިން ހަނގުރާމައިގެ ތެރެއިން އުފެދިފައިވާ ގިނަ ސައިބަރ ހަމަލާތަކުގެ ތެރެއިންނެވެ. ޔުކްރެއިންއަށް އެހީތެރިވާ ޤައުމުތަކާއި ޔުކްރެއިންގެ އަމާޒުތަކަށް ރަޝިޔާގެ ފަރާތުން ވެސް މިފަދަ ހަމަލާތައް ދެމުންދާކަމަށް ޓެކް ރިޕޯޓްތައް ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.