ނައިޖީރިއާ
ދުނިޔެ
04 Sep 2024 | 13:53
ބޯކޯހަރާމުގެ އުނދަގޫ އަނެއްކާވެސް ނައިޖީރިއާގެ އަވަށްތަކަށް

ނައިޖީރިއާގެ ބައެއް އަވަށްތަކަށް ބޯކޯ ހަރާމްގެ ހަނގުރާމަވެރިންގެ  ބަޔަކު އަރައި 81 މީހަކު މަރާލައިފި އެވެ.

ޔޯބޭ ސްޓޭޓްގެ ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވީ ބޯކޯ ހަރާމްގެ ޓެރަރިސްޓުން ކަމަށް ބެލެވޭ 150 މީހަކު ސައިކަލްތަކެއްގައި ރައިފަލުގެ އިތުރުން އާރްޕީޖީ ބަޑި ހިފައިގެން މާފާ އަވަށަށް އަރައި ހަމަލާދީފައިވާކަމަށެވެ. ހަމަލާތައްދޭން ފެށީ ހަވީރު 4:00 ހާއިރުކަމަށާއި، ބޯކޯ ހަރާމްގެ ހަނގުރާމަވެރިން ފައިބައިގެން ދިޔައީ މުޅި ސަރަހައްދު ސުންނާފަތިކޮށްލުމަށްފަހުގައިކަމަށެވެ.

ގިނަ ބަޔަކު މަރާފައި ފިހާރަތަކުގައި ވެސް ހުޅުޖެހިކަމަށާއި މަރުވި މީހުންގެ އަދަދު އަދިވެސް ކަށަވަރު ނުވާތީ އެ އަދަދު ދާނީ އިތުރުވަމުން ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ނައިޖީރިއާގެ އިރުއުތުރުގައި ބޯކޯ ހަރާމާއި ހަނގުރާމަވެރި އެހެން ޖަމާއަތްތަކުން 15 އަހަރު ކުރިން ފެށިގެން ހިންގަމުން އަންނަ މިފަދަ ހަމަލާތަކުގައި މިހާތަނަށް 40،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.

ބޯކޯ ހަރާމުން ހިންގަމުންދާ ޖަރީމާތައް އާއްމުގޮތެއްގައި އަމާޒުކުރަނީ އަންހެން ކުދިންނަށެވެ. ބޮޑެތިވަމުން އަންނަ އަންހެންކުދިން ވަގަށް ނަގައި ގެއްލުވާލުމުގެ އެތައް ކަމެއް ބޯކޯ ހަރާމުން ހިންގާފައިވާއިރު، އެ ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް އެމެރިކާއިން ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓް
ާއެދުރު
އެމެރިކާ ފިޔަވައި އެހެން ބަޔަކު ކޮށްފިއްޔާ އެއީޓެރެރިސްޓް ޖަމާޢަތެއް ފަލަސްތީނުގަ މިޖައްބާރުން މިކުރަނީ ކޮންކަމެއް އަޅުގަޑުމެން މިކަނޑައަޅަނީ އިޒްރޭލާއި އެމެރިކާއަކީ ޓެރެރިސް ދެގައުމުކަށް
04 Sep 2024
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.