ކުރީ ރައީސް މައުމޫން އަބްދުލްޤައްޔޫމް
ހަބަރު
04 Sep 2024 | 15:19
ޖަލްސާގައި ގިނަ ފިރިހެން ބޭފުޅުން މެޑަމް ސާޖިދާ އާ ސަލާމް ނުކުރެއްވުމުން މައުމޫން ދެރަވެއްޖެ

ޤައުމީ ދުވަހުގެ ޖަލްސާއަށް ވަޑައިގެންނެވި ފިރިހެން ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާ ސަލާމް ނުކުރައްވައި ވަޑައިގަތުމުން ކުރީގެ ރައީސް މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިކަމާއި ގުޅޭގޮތުން ރައީސް މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖަލްސާއަށް ވަޑައިގެންނެވި ފިރިހެން ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ ސަލާމް ނުކުރެއްވިތަން ފެނުމުން ވަރަށް ދެރަވިކަމަށެވެ. މައުމޫން ވިދާޅުވީ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދިވެހި ވަންތަކަމަށްޓަކާ ފަޚުރުވެރިވާން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ފެނުމުން ވަރަށްއުފާވި ކަމަށެވެ.

ރާއްޖޭގައި ތިރީސް އަހަރު ވެރިކަންކުރެއްވި ރައީސް މައުމޫނު ފާހަގަކުރެވިފައިވަނީ، ދީނީ ކަންކަމުގައި ގިނަޢިލްމުވެރިންނާ ރަޢުޔު ތަފާތުވާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން ޔޯގާ މައްސަލާގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ޢިލްމުވެރިން އެއްގަލަކަށް އެރި އިރުވެސް މައުމޫން ވިދާޅުވަމުން ދިޔައީ ޔޯގާ ހުއްދަ ކަމަށެވެ. އަދި ބުރުގާ އެޅުމުގެ މައްސަލާގައި މައުމޫން ވިދާޅުވި ވާހަކަތަކަށްވެސް އިލްމުވެރިންގެ އިތުރުން ދީނަށް ލޯބިކުރާ ގިނަ ބައެއްގެ ނުރުހުން އެމަނިކުފާނަށް އަމާޒުވިއެވެ. 

އިސްލާމްދީނުގައި، ހިލޭ އަންހެނުންނާއި ހިލޭ ފިރިހެނުން އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް އިލްމުވެރިން އިއްތިފާގުވެވަޑައިގަންނަވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.