ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ -- ފޮޓޯ: ސަން
ހަބަރު
04 Sep 2024 | 21:39
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބްރޯޑްކާސްޓް އޯޑިއަންސް ސާވޭއެއް ހަދަނީ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބްރޯޑްކާސްޓް އޯޑިއަންސް ސާވޭއެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

މި ސާވޭގެ މަސައްކަތް ކުރިއަށް ގެންދަނީ ވިލާ ކޮލެޖުގެ އިންސްޓިޓިއުޓް ފޯ ރިސާޗް އެންޑް އިނޮވޭޝަނާ ގުޅިގެންނެވެ.

ބްރޯޑްކޮމްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ސާވޭގެ މަޤްޞަދަކީ 'ޗެނަލް ރޭޓިން ލިސްޓު' އެކުލަވާލުމަށް ބޭނުންވާ މުހިންމު މަޢުލޫމާތު އެއްކުރުމެވެ. މި ސާވޭގެ ދަށުން ވިއުއަޝިޕާއި އޯޑިއަންސް ޝައުޤުވެރިވާ ޗެނަލްތަކާއި ކޮންޓެންޓުތައް ދެނެގަނެވޭނެ ކަމަށް ބްރޯޑްކޮމްއިން ބުނެފައިވެއެވެ.

ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވެފައިވަނީ މިއީ ތާރީޚީ ސާވޭއެއް ކަމަށެވެ. މި ސާވޭގެ ސަބަބުން ޓީވީ ޗެނަލްތަކުގެ ޕްރޮގްރާމްތައް އެ ޕްރޮގްރާމްތަކުގެ ސްޓޭންޑަޑަށް ބައްޓަންކުރަންވީ ގޮތްފަދަ މުހިންމު ކަންކަން އެނގޭނެ ކަމަށާއި، ރޭޑިއޯ އަޑުއަހާ މިންވަރު ދެނެގަނެވި، އެ މަޢުލޫމާތު ބްރޯޑްކާސްޓިންގ ދާއިރާގައި ބޭނުންކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ސާވޭގެ ތެރެއިން ނުކުންނާނީ ރައްޔިތުންގެ އަޑު. އެ އަޑު އިވުނީމަ އިނގޭނެ މިހާރުގެ ޓެލެވިޜަން އޯޑިއަންސް އަސްލު އޮތީ ކިހިނެތްކަން. ކޯއްޗެއްކަން ބަލާހިތްވަނީ، އަދި އެއީ ސިޔާސީވިޔަސް އިޖުތިމާޢީ ޕްރޮގްރާމެއް ވިއަސް،" 

މަރިޔަމް ވަހީދާ ވިދާޅުވިއެވެ.

މި ސާވޭ ކުރިއަށްދާނީ 10 ހަފުތާގެ މުއްދަތަށެވެ. އަދި ސާވޭގެ މަސައްކަތް ކުރާނީ ދާއިރާގެ ޕްރޮފެޝަނަލް ސާވޭ ގްރޫޕަކާއެކު ކަމަށާއި، މިހާރު ވަނީ ސާވޭ ކުރާނެ ފަރާތެއް އައުޓްސޯސްކޮށްފައި ކަމަށް ބްރޯޑްކޮމްގެ ރައީސް ވިދާޅުވިއެވެ. އަދި މި ސާވޭއަކީ ވަރަށް މިނިވަންކަމާއެކު ކުރެވޭނެ ސާވޭއެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.