ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ---
ހަބަރު
04 Sep 2024 | 23:16
ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ "މޯލްޑިވްސް ފަސްޓް" ޕޮލިސީ: ނައިބު ރައީސް

ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ "މޯލްޑިވްސް ފަސްޓް" ޕޮލިސީ ކަމުގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ ވީޑިއޯ މެސެޖެއްގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެފައިވަނީ، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ "މޯލްޑިވްސް ފަސްޓް" ޕޮލިސީ ކަމަށްވާއިރު، މި ސިޔާސަތުގެ ދަށުން ދިވެހި ޤައުމަށް އިސްކަންދިނުމާއި، ދިވެހީންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ކަށަވަރުކޮށް ބޭއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަބަދުވެސް އިސްކަންދެއްވާ ކަމަށެވެ.

"ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ "މޯލްޑިވްސް ފަސްޓް" ޕޮލިސީ، މި ސިޔާސަތުގެ ދަށުން ދިވެހި ޤައުމަށް އިސްކަންދިނުމާއި، ދިވެހީންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ކަށަވަރުކޮށް ބޭއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަބަދުވެސް އިސްކަންދެއްވާ"

ނައިބްރައީސް ޙުސެއިން ލަޠީފު

ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާނެ އެއްވެސް ކަމަކަށް ޖާގަ ނުދިނުމަށް ސަރުކާރުން އިސްކަންދޭ ކަމަށާއި، މި އަމާޒަށް ވާޞިލްވުމަށް އެންމެން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި ބޮޑުތަކުރުފާނު ފަދަ ބަޠަލުންގެ ހިތްވަރުން ޢިބްރަތް ޙާޞިލްކޮށް، ޤައުމަށް ޚިދުމަތްކުރާނެ ދަރީން ބިނާކުރުމުގެ މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބްރައީސްގެ ވީޑިއޯ މެސެޖްގައި މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު، ޤައުމީ ދުވަހާ ގުޅިގެން ބޭއްވުނު ޚާއްޞަ ޖަލްސާގައި ރައީސް ޑރ.މުޢިއްޒު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ދިވެހި ކާބަފައިންނަކީ ޤައުމުގެ ދިފާޢުގައި ހުރިހާ މާނައެއްގައި، ހުރިހާ ޒަމާނެއްގައި މަސައްކަތްކުރި ބައެއް ކަމަށާއި، ދިވެހިންނަކީ މިނިވަންކަމުގެ ބަޠަލުން ކަމުގައެވެ. މި ޖަލްސާގައި 7 ބޭފުޅަކަށް ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އަދި 10 ބޭފުޅަކާއި ކުންފުންޏަކަށް ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ރައީސް އަރުވާފައިވެއެވެ.

މީގެ އިތުރުން ނައިިބު ރައީސް ގެ މި ވީޑިއޯ މެސެޖުގައި ޤައުމީ ދުވަހުގެ ހެޔޮއެދުންތައް ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވައި، ޤައުމުގެ ދެކެ ލޯބިވުން އިސްކުރުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.