އަތުހަރު
ހަބަރު
05 Sep 2024 | 13:39
އަތުހަރުގެ ހަށިގަނޑު ޕޯސްމޯޓަމަށް ރާއްޖެއިން ބޭރަށް ފޮނުވައިފި!

ބަންދުގައި ހުއްޓާ ދަންޖެހުނު އާދަމް އަތުހަރުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި މިއަދު ރާއްޖެއިން ބޭރަށް ފޮނުވާލައިފިކަމަށް ފުލުހުން މަޢުލޫމާތު ދީފިއެވެ.

ފުލުހުންގެ މައުލޫމާތުގައިވާ ގޮތުން، އަތުހަރުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދާނީ މާދަމާއެވެ. 

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަތުހަރުގެ ލޯބިވެރިޔާކަމަށް ބުނާ އަންހެން މީހާއަށް ވަޅިން ބިރުދައްކައި އެކި ފަހަރުމަތިން އަތުހަރު ވަނީ އޭނާއަށް އަނިޔާކޮށްފައެވެ. އޭގެ ފަހުން އަތުހަރު ވަނީ އަންހެންމީހާއަށް ވަޅިން ބިރުދެއްކުމަށްފަހު ސައިކަލުގައި އޭނާ ދާން ބޭނުންވާ ތަނަށް ދިއުމަށް މަސައްކަތްކޮށްފައެވެ. އޭރުވެސް ފުލުހުން ދިޔައީ އަންހެންމީހާ ސަލާމަތްކުރުމަށް އެކި ގޮތްގޮތުން މަސައްކަތްކުރަމުންނެވެ.

ނަމަވެސް، ވަކި ހިސާބަކުން ފުލުހުން ވަނީ ހުށިޔާރުކަމާއެކު އަންހެންމީހާ ސަލާމަތްކޮށްފައެވެ. މިކަމުގެ ތެރޭގައި ދެމީހުންނަށް އަނިޔާވެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. ނަމަވެސް އަންހެންމީހާއަށް މާބޮޑު އަނިޔާތަކެއް ނުލިބެއެވެ. އަތުހަރަށް ލިބުނު އަނިޔާތަކާ ގުޅިގެން އެންމެފުރަތަމަ އޭނާއަށް ފަރުވާދީފައިވަނީ އޭޑީކޭއަށް ގެންގޮސްގެންނެވެ.

އެހެންނަމަވެސް، ހައްޔަރު ކޮށްފައި ހުއްޓާ އޭނާ ހޮޑުލާތީ ފަރުވާދިނުމަށް ފަހުން އައިޖީއެމްއެޗަށް ގެންދިޔައީއެވެ. އެފަހުން ޖަލުގައި ހުއްޓައި އޭނާ ދަންޖެހިފައިވާ އިރު، ފަރުވާ ދެމުން ދަނިކޮށް އޭނާ ވަނީ މަރުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
އެމެރިކާގެ ކުރީގެ ރައީސް ބައިޑެން ކެންސަރު ބަލީގެ ތަހައްމަލުކުރަން އުނދަގޫ ވޭނެއްގައި
ހަންޓާ ބައިޑެން ބުނީ "ކެންސަރު ވަނީ ފެތުރި ކަށިތަކުގެ ތެރެއަށާއި އެއަށް ވުރެ ދުރަށް ފެތުރިފައި ކަމަށެވެ.
09 Aug 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޕީއެސްޖީ ބައްދަލުކުރިމެޗް އެއްވަރު
މި ސީޒަނުގައި އެސްޓަން ވިލާ ދޫކޮށް ޔުނައިޓެޑާ ގުޅުނު ޔޫރީ ޓީލެމަންސް، އެ ޓީމަށް ކުޅެދިން ފުރަތަމަ މެޗުގައި އުންމީދީ ކުޅުމެއް ދެއްކިއިރު، ޔުނައިޓެޑްގެ މުހިންމު ބައެއް ކުޅުންތެރިންނަށް ވަނީ އަނިޔާވެފައެވެ
09 Aug 2026
ހޮރްމުޒް ކަނޑުއޮޅި މައްސަލާގައި އިރާން އާއި އެމެރިކާ އަނެއްކާ މަޝްވަރާތައް ފަށަނީ
ނަމަވެސް މިކަމުގައި ކުރިއަށް ދެވެން އަންނަނީ ނުވަތަ އީރާނުން އެއްބަސްވުމަކަށް ދީލާލާނީ އެޤައުމުން އެދޭ ލުއިތަކެއް އެމެރިކާއިން ދިނުމުންކަމަށް އީރާނުގެ އޮފިޝަލުން ބުނެފައިވާކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.