ވަޅިން ބިރު ދައްކައިގެން ފޭރުނު މައްސަލާގައި ހައްޔަރު ކުރި ދެ މީހުން: ފޮޓޯ/ ޕޮލިސް
ހަބަރު
05 Sep 2024 | 15:43
ގެއެއްގެ ތެރޭގައި މީހުން ނިދަން ތިއްބައި ފެންލައިޓުން ވަދެ، ވަޅިން ބިރުދައްކައިގެން ފޭރިއްޖެ!

ގެއެއްގެ ތެރޭގައި މީހުން ނިދަން ތިއްބައި ފާޚާނާ ފެންލައިޓުން ވަދެ، ވަޅިން ބިރުދައްކައިގެން ފޭރިއްޖެއެވެ.

ފުލުހުން ބުނީ، މާފަންނު ސަރަހައްދުގައި ހުރި ގެއެއްގެ ތެރެއަށް ފެންލައިޓުން ވަދެ، ކޮޓަރިއެއްގެ ތެރޭގައި ނިދާފަައި ތިބި ދެ މީހެއްގެ ކަރުގައި ވަޅި ޖައްސައި އެއްވެސް ހަރަކާތެއް ކޮށްފިނަމަ މަރާލާނެ ކަމަށް ބުނެ ބިރުދައްކައިގެން ފޭރުނު މައްސަލައެއް މިމަހު 4 ވަނަ ދުވަހުރޭ ދަންވަރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެގޮތުމް، އެގޭގެ ދެމީހުންގެ އަތުން މޯބައިލް ފޯނާއި ލެޕްޓޮޕް އަދި އެހެނިހެން ތަކެތި ފޭރިގަތް ކަމަށް ބުނެފައިވެއެވެ. 

ފުލުހުންގެ މަޢުލޫމާތު ދޭގޮތުގައި ފޭރުމަށްފަހު ދެމީހުން ފިލައިގެން ގޮސްފައިވަނީ ފާޚާނާއަށް ވަދެ އެތެރޭން ދޮރު ތަޅުލައި ފެންލައިޓުން ނުކުމެގެންނެވެ.

ފުލުހުން އިތުރަށް ބުނީ، މި ދެމީހުން ރޭގެ ވަގުތުގައި ހައްޔަރުކޮށް އަދި އެމީހުން އެގެއިން ފޭރުނު ލެޕްޓޮޕް އާއި މޯބައިލް ފޯނުތައް ވަނީ ހޯދާފައެވެ. އަދި އެމީހުން ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ އެހެނިހެން ތަކެތި ވެސް އެމީހުން އަތުން ފެނިފައިވާ ކަމަށެވެ.

އަދި ފޭރުނު ދެމީހުން މިހާރު ހައްޔަރު ކޮށްފައިވާ ކަމަށާ، ހައްޔަރުކޮށްފައިވަނީ މ. ދާރުލްގަރާރު، އިސްމާއިލް ވިޝާލް (30އ) އަދި ވިދުވަރު، ބ. ދަރަވަންދޫ، ހުސައިން ޝާއިފް (32އ) ކަމަށް ވެސް ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.