ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ---
ހަބަރު
05 Sep 2024 | 23:01
އުތީމު މަހާރަދުން 'އުދަރެހުން ވިދާލީ' ރާއްޖެއަށް އިސްލާހުތަކެއް ބޭނުންވެފައި ވަނިކޮށް: އާދަމް ނަސީރު

އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން 'އުދަރެހުން ވިދާލި' ދުވަސްވަރަކީ ރާއްޖެއަށް އިސްލާހުތަކެއް ބޭނުންވެފައި އޮތް ދުވަސްވަރެއްގައި ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް މިރޭ ވިދާޅުވެއްޖެއެވެ.

ހއ. އުތީމުގައި މިރޭ ބާއްވާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަދައްކަވަމުން ވަޒީރު ވިދާޅުވީ، ދުނިޔޭގެ ތާރީޚުގެ އެކި ހިސާބުތަކުގައި މުޞްލިޙުން އުފެދޭ ކަމަށާއި، ދިވެހި ރާއްޖޭގެ ތާރީޚަށް ބަލާއިރު، އެކި ޒަމާންތަކުގައި ރާއްޖެއިން ވެސް މުޞްލިޙުން ފެންނަން އެބަ ހުރި ކަމަށެވެ.

މިމޭރުމުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ގައުމީ ދުވަށް ޚާއްސަކޮށްފައިވާ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން 'އުދަރެހުން ވިދާލި' ދުވަސްވަރަކީ ރާއްޖެއަށް އިސްލާހުތަކެއް ބޭނުންވެފައި އޮތް ދުވަސްވަރެއް ކަމަށެވެ.

އެ ދުވަސްވަރަކީ ރާއްޖޭގެ މިނިވަންކަން ގެއްލި، އަޅުވެތިވެފައިވާ ދުވަސްވަރެއް ކަމަށްވުމުން، ދިވެހި ދައުލަތެއް އަލުން އިއާދަކުރަން މުޞްލިޙަކު ބޭނުންވެފައި އޮތް ދުވަސްވަރެެއް ކަމަށް އޭނާ ވިދާޅުވެއެވެ.

"އެ ދުވަސްވަރަކީ ދިވެހިރާއްޖޭގެ ޒަމާންވީ މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންގެ ދެދުނިޔޭގެ އިލާހީ ބާއްޖަވެރިކަމުގައިވާ އިލާހީ ނަސީބު އަޅުގަނޑުމެނަށް ގެއްލެމުން، ފަނޑުވަމުން ދިޔަ އެ ބިން އަނބުރާ ގެންނަން އިސްލާހީ މަސައްކަތްތަކެއް ކުރަން ޖެހިފައި އޮތް ދުވަސްވަރެއް"

ވަޒީރު ވިދާޅުވިއެވެ. 

މިރޭގެ ޖަލްސާގައި އިތުރަށް ވާހަކަދައްކަވަމުން، ވަޒީރު އާދަމް ނަސީރު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ފައްޓަވާފައި ވަނީ ވެސް މުޙައްމަދު ތަކުރުފާނު ކުރެއްވި ފަދަ އިސްލާހީ މަސައްކަތްތަކެއް ކަމަށެވެ.

އެގޮތުން، ރާއްޖޭގެ އަޚުލާގާއި، މިނިވަންކަމާއި، މަސައްކަތްތެރިކަމާއި، ޒުވާނުންގެ ފަންނުވެރިކަން އިއާދަކޮށް، އިސްލާހު ކުރުމުގެ އިތުރުން ގެއްލެމުންދާ ދިވެހިންގެ ތަރީޚާއި ތަރިކަތައް އިޔާދަކުރުމުގެ މަސައްކަތް އެމަނިކުފާނު ކުރއްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އެހެންކަމުން، ރައީސް މުއިއްޒަކީ ރާއްޖޭގެ ތާރީޚުގައި އަދުގެ މުޞްލިޙު ކަމަށާއި ދިވެހިން އަލުން އާ ހަގީގަތްތަކަށް ހޭލައްވާލުމުގެ ބާނީކަން އާދަމް ނަސީރު ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް
އަލިފު ޙާ!
ﷲ އިރާދަކުރެއްވިއްޔާ ތިކަމުގައި ޝައްކެއް ނެތެވެ!
05 Sep 2024
ކަĺޅުބޯވިލާ
ބޮޑުތަކުރުފާނާ އެއްވަރުކޮށްގެން ހުޝާމަދު ނުކޮށްމުސާރަހަލާލުވާވަރުގެ ކަމެއްކޮށްބަލަ. ކަމެއްނުކޮށް މޮޅުވާހަކަދައްކަން މަނިއްޕުޅު ނުއިނދެ.
06 Sep 2024
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.