ލޯބިވެރިޔާދިން އަލިފާނުގެ ހަމަލާގައި މަރުވި އެތްލީޓް --- ފޮޓޯ: ރޮއިޓާސް
ދުނިޔެ
05 Sep 2024 | 23:54
ލޯބިވެރިޔާ، އަލިފާން ރޯކޮށްލި ޔުގެންޑާގެ އެތުލީޓް މަރުވެއްޖެ

ޔުގަންޑާގެ އޮލިމްޕިކް މެރަތަން ދުވުންތެރިޔާ ރެބެކާ ޗެޕްޓެގޭ (33 އަހަރު)ގެ ގައިގައި އޭނާގެ ލޯބިވެރިޔާ އަލިފާން ރޯކޮށްލުމުން ލިބުނު އަނިޔާގެ ސަބަބުން ބުރާސްފަތި ދުވަހު މަރުވެއްޖެއެވެ. މި ހާދިސާ ހިނގީ ކެންޔާގައެވެ.

ޔުގަންޑާ އޮލިމްޕިކް ކޮމިޓީގެ ރައީސް ޑޮނަލްޑް ރުކާރޭ ވިދާޅުވި ގޮތުގައި، އާދީއްތަ ދުވަހު ހިނގި މި ހާދިސާގައި ޗެޕްޓެގޭގެ ހަށިގަނޑުގެ 75 އިންސައްތަ އަށްވުރެ ބޮޑުބައެއް ވަނީ އަނދާފައެވެ. އޭނާ އިތުރަށް ވިދާޅުވީ އަންހެނުންނަށް ކުރާ އަނިޔާތައް އެ ފަރާތުން ކުށްވެރިކުރާ ކަމަށެވެ.

ޕެރިހުގެ އޮލިމްޕިކްސްގައި ބައިވެރިވި މި ދުވުންތެރިޔާގެ ގައިގައި ރޯކޮށްލުމުން ވަނީ ކެންޔާގެ އެލްޑޮރެޓް ސިޓީގެ ހޮސްޕިޓަލަކަށް ވައްދާފައެވެ. އެ ހޮސްޕިޓަލްގެ ކްލިނިކަލް ސާވިސަސްގެ ސީނިއަރ ޑައިރެކްޓަރ އޯވެން މެނާޗް ވިދާޅުވި ގޮތުގައި، އޭނާ މަރުވެފައިވަނީ ހަށިގަނޑުގެ މުހިންމު ގުނަވަންތައް މަސައްކަތް ނުކުރުމުގެ ސަބަބުންނެވެ.

ކެންޔާގެ ނޫހެއްކަމަށްވާ "ދަ ސްޓޭންޑަޑް" އިން ބުނެފައިވާ ގޮތުގައި، ހަމަލާދިން ފިރިހެން ކުއްޖާ (ލޯބިވެރިޔަ)އަށް ވެސް އަނިޔާވެ، ހަށިގަނޑުގެ 30 އިންސައްތަ އަނދާފައިވާ ކަމަށް ޑޮކްޓަރުން ބުނެއެވެ. އޭނާއަށް ވެސް ދަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

ކެންޔާގެ ކުޅިވަރު ވަޒީރު ކިޕްޗުންބާ މުރްކޮމެން ވިދާޅުވި ގޮތުގައި، މިއީ މުޅި ސަރަހައްދަށް ލިބުނު ގެއްލުމެކެވެ. އަދި މިއީ ޖެންޑަރ ބޭސްޑް އަނިޔާތަކާ ދެކޮޅަށް އިތުރަށް މަސައްކަތްކުރަން ޖެހޭކަން ހަނދާންކޮށްދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ހާދިސާއަކީ ފަހަކަށް އައިސް ކެންޔާގައި އަންހެން އެތުލީޓުންނަށް ދެވޭ އަނިޔާތަކުގެ ތެރެއިން އެންމެ ފަހުގެ ހާދިސާއެވެ. 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް އެ ޤައުމުގައި ތިން ފަހަރު މަތިން ވަނީ ނަން މަޝްހޫރު އަންހެން އެތުލީޓުން މަރާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.