ކޮންގޯއަށް ގެންދިޔަ ވެކްސިންގެ ޝިޕްމެންޓް ---
ދުނިޔެ
05 Sep 2024 | 23:58
ކޮންގޯއަށް ފުރަތަމަ ފަހަރަށް އެމްޕޮކްސް ވެކްސިން ލިބިއްޖެ

ދަ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އަށް އެމްޕޮކްސް ވެކްސިންގެ ފުރަތަމަ ބެޗް ލިބިއްޖެއެވެ. މި ވެކްސިން ބޭނުންކޮށްގެން، ޔުނައިޓެޑް ނޭޝަންސްއިން ގްލޯބަލް ޕަބްލިކް ހެލްތު އިމަޖެންސީއެއް ކަމުގައި އިޢުލާނުކޮށްފައިވާ އެމްޕޮކްސްގެ ފެތުރުން ހުއްޓުވުމަށް އެހީތެރިވެދޭނެ ކަމަށް ސިއްޙީ ފަރާތްތަކުން އުންމީދުކުރެއެވެ.

ގާތްގަނޑަކަށް 100 މިލިއަން މީހުން ދިރިއުޅޭ މި މެދު އެފްރިކާގެ ޤައުމަކީ މިހާރު އެމްޕޮކްސްގެ ފެތުރުމުގެ މައި މަރުކަޒެވެ. ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ވަނީ ފާއިތުވި މަހު މިކަން ގްލޯބަލް ޕަބްލިކް ހެލްތު އިމަޖެންސީއެއްގެ ގޮތުގައި އިޢުލާނުކޮށްފައެވެ.

ޔޫރަޕިއަން ޔޫނިއަނުން ހަދިޔާކުރި ވެކްސިން ޑޯސްތައް ހިފައިގެން ދިޔަ މަތިންދާ ބޯޓު ވަނީ ބުރާސްފަތި ދުވަހު މެންދުރުފަހު 1 ޖަހާއިރު (ޖީއެމްޓީން މެންދުރު 12 ޖަހާއިރު) ވެރިރަށް ކިންޝާސާއަށް ޖައްސާފައެވެ.

ކޮންގޯގެ ސިއްޙީ ވަޒީރު ސެމުއެލް ރޮޖަރ ކަމްބާ މުލަމްބާ ވިދާޅުވި ގޮތުގައި، އަލަށް ގެނެވުނު މި ވެކްސިނަކީ އެމެރިކާގައި އޭގެ ނަތީޖާ ދައްކާފައިވާ ވެކްސިނެކެވެ. އަދި މި ވެކްސިން ކޮންގޯގެ ބޮޑެތި މީހުންނަށް ދޭން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކުއޭޓަރ އަދި ސައުތު ކިވު ފަދަ ސަރަޙައްދުތަކަކީ މި ބަލިން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ސަރަޙައްދުތައް ކަން އަޅުގަނޑުމެންނަށް އެނގޭ... ވީހާވެސް އަވަހަކަށް މި ވައިރަސް ކޮންޓްރޯލްކުރުމަކީ އަޅުގަނޑުމެންގެ މަޤްޞަދު," އޭނާ އިތުރަށް ވިދާޅުވިއެވެ.

މި ވެކްސިނަކީ ޑެންމާކުގެ ބަވޭރިއަން ނޯޑިކް ފާމަސިއުޓިކަލް ލެބޯޓްރީން އުފެއްދި ވެކްސިނެކެވެ. މިއީ ޔޫރަޕާއި އެމެރިކާގައި ހުއްދަ ލިބިފައިވާ ހަމައެކަނި ވެކްސިނެވެ. އަދި މި ވެކްސިން ދެވޭނީ ހަމައެކަނި ބޮޑެތި މީހުންނަށެވެ. އެކަމަކު މިހާރު ދަނީ 12 އަހަރުން މަތީގެ ކުދިންނަށް ވެސް މި ވެކްސިން ދިނުމާ ގުޅޭގޮތުން ދިރާސާތަކެއް ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.
10 Sep 2026
ވަކީލުންގެ ބޮޑު ޓީމަކާއެކު ނާކާމިޔާބު: ކެނެބިސް ޓްރެފިކުކުރުމުގެ ކުށުން ކުށްވެރިވެ އުމުރަށް ޖަލަށް
މި މައްސަލާގައި ޝަރީފްގެ ދިފާއީ ވަކީލުންގެ ގޮތުގައި ހަތަރު ވަކީލުން ހިމެނޭ ގާނޫނީ ޓީމެއް މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި މަޝްހޫރު ބައެއް ވަކީލުން ވެސް ހިމެނެ އެވެ.
10 Sep 2026
ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
ހައްޖު ކޯޕަރޭޝަނުން ބުނީ މި ބައްދަލުވުމުގައި ވަނީ ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
10 Sep 2026
މިރެއިން ފެށިގެން ބަދަލެއް؛ ބީއެމްއެލުން ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލަނީ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް"ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް ޓީމުން ހޯދައިފިއެވެ.