ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރި އެކްސިޑެންޓް ހިނގި ސަރަހައްދު— ފޮޓޯ/ ޝާވިން
ހަބަރު
06 Sep 2024 | 07:26
ހުޅުމާލޭގައި ބާރުސްޕީޑްގައި ދިޔަ ކާރެއް، ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ

ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ކާރެއް ސައިކަލަކާ ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރިޕޯޓް ކޮށްފައިވަނީ ރޭ ދަންވަރު 2:48 ހާއިރު ކަމަށެވެ. 

އަދި މި އެކްސިޑެންޓްގައި ޖެހުނު ސައިކަލް ދުއްވަން އިން ފަރާތަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ކަމަށާ، ނިޔާވި ފަރާތަކީ 23 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ، މި އެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވަން އިން ފަރާތް ހައްޔަރުކޮށްފައިވާ ކަމަށާ އެއީ 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.

އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުންގެ ފޮރިންސިކް ޓީމުން ހަރަކާތްތެރިވަނީ... ފޮޓޯ: ވޮއިސް

މައުލޫމާތު ލިބޭ ގޮތުގައި އެކްސިޑެންޓުގައި ނިޔާވެފައިވަނީ ކަރެކްޝަންސްގެ މުވައްޒަފެކެވެ.

ހުޅުމާލޭގައި މިފަދަ އެކްސިޑެންޓްތައް އިތުރުވަމުން ދާތީ، ދުއްވާ އެއްޗެހި ބާރު ސްޕީޑުގައި ނުދުއްވުމަށާއި ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ބުދަ ދުވަހުގެ ރޭ މާލޭގައި ބޮޑުތަކުރުފާނުމަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. އެ އެކްސިޑެންޓުގައި އަނިޔާވި 21 އަހަރުގެ ޒުވާނާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާއިރު ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓް
ސްޕީޑް ބަރޭކް
ކޮންމެ 10 ފޫޓަކުން ސްޕީޑް ބަރޭކް ލާންވީ
06 Sep 2024
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.