ޝާހިދު މާރަންދޫ ރައްޔިތުންނާ ބައްދަލުކުރައްވަނީ --- ފޮޓޯ: އެމްޑީޕީ
ހަބަރު
07 Sep 2024 | 22:20
ބައި-އިލެކްޝަންގައި އެމްޑީޕީ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް ޝާހިދު މާރަންދުއަށް

ހއ. މާރަންދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބޭއްވޭ ބައި-އިލެކްޝަންގައި އެމްޑީޕީން ކުރިމަތިލައްވާފައިވާ ޝިހާމް މުޙައްމަދުގެ ކެމްޕޭނަށް އެހީތެރިވެދެއްވުމަށް އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު މާރަންދޫއަށް ވަޑައިގެންފިއެވެ.

މާރަންދޫގައި މިއަދު ކުރިއަށްގެންދެވުނު ކެމްޕޭން ހަރަކާތްތަކުގައި ޝާހިދު ބައިވެރިވެވަޑައިގެންނެވިއެވެ. މިގޮތުން އެމްޑީޕީ ކެންޑިޑޭޓް ޝިހާމްއާއެކު ރަށުގެ ގޭގެއަށް ޒިޔާރަތްކުރައްވައި، ރައްޔިތުންނާ ބައްދަލުކުރައްވައި ރަށުގެ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ޑޯ ޓު ޑޯ ހަރަކާތުގައި ގިނަ ރައްޔިތުން ވަނީ މިހާރުގެ ސަރުކާރު އައުމާއެކު އެމްޑީޕީ ސަރުކާރުން ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓިފައިވާކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިހާރުގެ ސަރުކާރުން މާރަންދޫއަށް ކޮށްދޭނެކަމަށް ބުނެފައިވާ އެއްވެސް ކަމެއް ނުކޮށްދެވި ވާއިރު، ރަށުގެ ތަރައްޤީއަށް ކުރެވުނު ހުރިހާ ކަމެއްވެސް ކުރެވިފައިވަނީ އެމްޑީޕީގެ ވެރިކަމުގައިކަމަށް ރައްޔިތުން ފާހަގަކުރިއެވެ.

ޝާހިދު ވަނީ މާރަންދޫގެ އެމްޑީޕީ ކެމްޕޭން ޓީމާވެސް ބައްދަލުކުރައްވައި، ޝިހާމް ހޮވުމަށް ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައި ހިތްވަރުދެއްވާފައެވެ. ކެމްޕޭން ޓީމުން ވަނީ ކެމްޕޭން މަސައްކަތް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު ޝާހިދާ ހިއްސާކޮށްފައެވެ.

މިއަދުގެ ކެމްޕޭން ހަރަކާތްތަކުގައި ޝާހިދުގެ އިތުރުން އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕަރސަން އަޙްމަދު ޢަބްދުﷲ، އިހަވަންދޫ ދާއިރާގެ ދާއިރާ ރައީސް މުޙައްމަދު ޝިފާޢު، ކުޑަހުވަދޫ ދާއިރާގެ ދާއިރާ ރައީސް ޝާޠިރު ޢަބްދުއްރަޙްމާން އަދި އަންހެނުންގެ ރޫޙުގެ ނައިބު ރައީސާ އީމާ ޝަފީޤް ބައިވެރިވެވަޑައިގެންނެވިއެވެ.

މާރަންދޫ ކައުންސިލްގެ ބައި-އިލެކްޝަން އޮންނާނީ ސެޕްޓެމްބަރު 14 ވާ ހޮނިހިރު ދުވަހުއެވެ. މި ބައި-އިލެކްޝަން ބާއްވަން ޖެހުނީ އެ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ރަމީޒު ޖުލައި 13 ވަނަ ދުވަހު ކުއްލިގޮތަކަށް އަވަހާރަވުމާ ގުޅިގެންނެވެ. ރަމީޒަކީ މާރަންދޫގައި އެމްޑީޕީގެ ހަރަކާތްތައް ފެށުނީއްސުރެ އެ ރަށުގައި ޕާޓީގެ ހަރަކާތްތައް ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް މެން ބަރެވެ.

މާރަންދޫއަކީ އާބާދީގެ ގޮތުން ކުޑަ ރަށެއް ނަމަވެސް، ސިޔާސީގޮތުން ވަރަށް ހަރަކާތްތެރި ރަށެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މި ރަށަކީ ތާރީޚީގޮތުން އެމްޑީޕީއަށް ވަރަށް ބޮޑަށް ތާއީދުކުރާ ރަށެއްކަމަށް ބެލެވޭއިރު، މިފަހަރުގެ އިންތިޚާބުގައިވެސް އެމްޑީޕީގެ ކެންޑިޑޭޓް ކާމިޔާބުކުރާނެކަމަށް އެ ޕާޓީން އުންމީދުކުރެއެވެ.

އެމްޑީޕީގެ ރައީސް ޝާހިދު މާރަންދޫއަށް ކުރެއްވި މި ދަތުރުފުޅަކީ، އެ ޕާޓީގެ ކެންޑިޑޭޓް ޝިހާމް މުޙައްމަދަށް އިތުރު ބާރަކަށް ވެގެންދާނެ ކަމެއްކަމަށް ބެލެވެއެވެ. ޝާހިދުގެ މި ދަތުރުފުޅާއެކު، މާރަންދޫގެ ރައްޔިތުންގެ މެދުގައި އެމްޑީޕީއަށް އޮތް ތާއީދު އިތުރުވެ، އިންތިޚާބުގައި ވޯޓުލުމަށް ރައްޔިތުން އިތުރަށް ހިތްވަރުލިބިގަންނާނެކަމަށް އެ ޕާޓީން އުންމީދުކުރެއެވެ.

ކޮމެންޓް
އަހުދުނާމާ
5 އަހަރުން ނިންމަން ބުނި ވައުދުތައް ނުފުއްދާ ރައްޔިތުން ކައިރިޔައް އައިސް މިކިޔަނީ 1 އަހަރު ނުވާ ސަރުކާރުން ނުނިންމައޭ އަދި ނުފައްޓައޭ މަސްރޫއުތައް. އެމްޑީޕީ ސަރުކާރުގަ މަސްރޫތައް ވެސް ފެއްޓީ ވެސް 2 އަހަރާ ބައި ވީފަހުން
08 Sep 2024
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.