ކުރީގެ ޕީޖީ ޝަމީމް --
ހަބަރު
07 Sep 2024 | 23:02
ކުރީގެ ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގެ ޝަރީޢަތް މާދަމާ ފަށަނީ

ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމަށް ހަމަލާ ދިން މައްސަލައިގެ ޝަރީޢަތް މާދަމާ ފެށުމަށް ހަމަޖެހިއްޖެއެވެ. މި މައްސަލައިގައި ދަޢުވާ އުފުލިފައިވާ ހަތް މީހުންގެ ޝަރީޢަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް މެންދުރުފަހު 2:30 ގައެވެ.

މިދިޔަ އަހަރުގެ ޖަނަވަރީ 31 ވަނަ ދުވަހު ޝަމީމަށް ހަމަލާ ދީފައިވަނީ އޭނާ ދަރިފުޅު ސްކޫލަށް ގެންގޮސް އެނބުރި ގެއަށް އަންނަނިކޮށެވެ. މަރުތޭލަކުން ދިން މި ހަމަލާގައި ޝަމީމްގެ އަތަށް އަނިޔާވިއެވެ. މި ހާދިސާއާ ގުޅިގެން ސިފައިންވަނީ ޝަމީމްގެ ސެކިއުރިޓީ ވަރުގަދަކޮށްފައެވެ.

މައްސަލައިގައި ހައްޔަރުކުރެވުނު ހަތް މީހުންގެ ތެރެއިން މިދުހަތު އާދަމްގެ މައްޗަށް ކުރެވެނީ ސީދާ ހަމަލާ ދިންކަމުގެ ތުހުމަތެވެ. އަދި މުހައްމަދު ޖަޒްލާނަކީ ސައިކަލު ދުއްވި މީހާކަމަށް ތުހުމަތުކުރެވޭއިރު، އަހުމަދު މައިސާން ހާޝިމްގެ މައްޗަށް ކުރެވެނީ ސައިކަލު ހޯދައިދިން ކަމުގެ ތުހުމަތެވެ. އަނެއް ހަތަރު މީހުންނަކީ ހަމަލާ ރޭވުމާއި ހަމަލާ ދިން ވަގުތު ސަރަހައްދުގައި ކާރެއްގައި މަޑުކޮށްގެން ތިބި ކަމަށް ތުހުމަތުކުރެވޭ މީހުންނެވެ.

މި މައްސަލައިގައި ހުރިހާ މީހުންގެ މައްޗަށްވެސް ކުރެވެނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދަޢުވާއެވެ. ޝަރީޢަތް ނިމެންދެން މި ހަތް މީހުންވެސް ވަނީ ބަންދުގައި ބެހެއްޓިފައެވެ.

މި މައްސަލައިގެ ޝަރީޢަތް ފެށުމަށް ތައްޔާރުވަމުންދަނިކޮށް، އޮގަސްޓު 22 ގައި ޝަމީމް އޭނާގެ މަޤާމުން ވަނީ އިސްތިއުފާ ދެއްވާފައެވެ. މިއީ އޭނާގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅި، ވޯޓަށް އެހުމާ ކައިރިވެފައިވަނިކޮށް ދެއްވި އިސްތިއުފާއެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.