ބަރަކާ ނިއުކުލިއާ ޕަވާ ޕްލާންޓް
ދުނިޔެ
08 Sep 2024 | 14:29
އަރަބި ދުނިޔޭގެ ފުރަތަމަ ނިއުކުލިއާ ޕްލާންޓު އެމިރޭޓްސްއިން ގާއިމުކޮށް ނިންމައިފި

އަރަބި ދުނިޔޭގެ ފުރަތަމަ ނިއުކުލިއާ ހަކަތަ އުފައްދާ ޕްލާންޓު ބަރަކާ ނިއުކުލިއާ ޕަވާ ޕްލާންޓް ޔުނައިޓެޑް އަރަބިކް އެމިރޭޓްސްއިން ތަރައްގީކޮށް ނިންމައިފިކަން ބުރާސްފަތި ދުވަހު އިއުލާނުކޮށްފި އެވެ.

އަބޫދާބީގައި ހުންނަ ބަރަކާ ނިއުކުލިއާ ޕަވާ ޕްލާންޓުގެ ހަތަރުވަނަ ރިއެކްޓަރު ބޭނުންކުރަން ފެށުމުން އަހަރެއްގެ މައްޗަށް 40 ޓަރަވޮޓް-އަވާސްގެ ހަކަތަ އެ ޕަވާ ޕްލާންޓުން އުފައްދާނެކަމަށް އެމިރޭޓްސްގެ ނިއުކުލިއާ ހަކަތަ ކުންފުނި އެމިރޭޓްސް ނިއުކްލިއާ އެނާޖީ ކޯޕަރޭޝަން (އީއެންއީސީ)އިން ވަނީ ބުނެފައެވެ.

އީއެންއީސީ ބުނި ގޮތުގައި އެ ނިއުކުލިއާ ޕަވާ ޕްލާންޓުން އެމިރޭޓްސްއަށް ބޭނުންވާ ހަކަތައިގެ 25 އިންސައްތަ އުފައްދާނޭ ކަމަށާއި ނިއުޒިލެންޑުގައި އަހަރެއްގެ މައްޗަށް ބޭނުންކުރާ ހަކަތައާ އެއް މިންވަރުކަމަށެވެ. ހޫނު ގަދަވުމުގެ ސަބަބުން ހުރިހާ ތަނެއްގައިހެން އަބަދުވެސް އެއާ ކޮންޑިޝަން ބޭނުންކުރަންޖެހޭ އެމިރޭޓްސްއަށް މިއީ ބޮޑު ލުޔަކަށްވާނޭ ކަމަށްވެސް އީއެންއީސީ އިންވަނީ ބުނެފައެވެ.

ބަރަކާގެ ހިދުމަތް އެންމެ ފުރަތަމަ ފެށީ 2020 ވަނަ އަހަރު އެވެ. އެއީ އެ ޕަވަ ޕްލާންޓުގެ ހަތަރު ރިއެކްޓަރުގެ ތެރެއިން ފުރަތަމަ ރިއެކްޓަރުގެ މަސައްކަތް ނިމުމާ ގުޅިގެންނެވެ. 

އީއެންއީސީން ބުނި ގޮތުގައި މި ޕަވާ ޕްލާންޓުން ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އަބޫދާބީ ނޭޝަނަލް އޮއިލް ކޮމްޕެނީއާއި އެމިރޭޓްސް ސްޓީލް އަދި އެމިރޭޓްސް ގްލޯބަލް އެލުމިނިއަމް އިން ހަކަތަ ޕޯރުކޮށްދޭނެއެވެ.

އިމާރާތުގެ އިތުރަށް ދުނިޔޭގެ ނިސްބަތުން އެންމެ ގިނައިން ތެޔޮ އުފައްދާ ބޭރުކުރާ ގައުމުކަމަށްވާ ސައުދީ އަރަބިއްޔާއިންވެސްވަނީ ނިއުކުލިއާ ރިއެކްޓަރުތަކެއް ގާއިމުކޮށް ޕަވާ ޕްލާންޓެއް އެޅުމަށް ވިސްނާކަން ހާމަކޮށްފަ އެވެ. 
އެމިރޭޓްސްގެ ރައީސް ޝައިހް މުހައްމަދު ބިން ޒާއިދު ސިފަކުރެއްވި ގޮތުގައި ބަރަކާ ޕަވަޕްލާންޓުގެ މަސައްކަތް ނިމުމަކީ ތިމާވެއްޓާ ރަށްޓެހި ގޮތަށް ހަކަތަ އުފައްދައި ނެޓް ޒީރޯގެ އަމާޒު ހާސިލުކުރުމަށް އެ ގައުމުން ކުރާ މަސައްކަތުގައި ކުރިއަށް އެޅުނު ބޮޑު ފިޔަވަޅެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.