އާދަމް އަތުހަރު
ހަބަރު
08 Sep 2024 | 16:37
އަތުހަރުގެ ހަށިގަނޑު ރާއްޖެ ގެނެސް ކަށުނަމާދު މިރޭ

މާލޭގައި އަންހެނަކު ރަހީނުކުރި މައްސަލައާއި ގުޅިގެން ފުލުހުންގެ ބަންދުގައި ހުއްޓާ ދަންޖއހިގެން ހާލު ސީރިއަސްވެ، ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވި އާދަމް އަތުހަރުގެ ޕޯސްޓުމޯޓަމް ހެދުމަށް ފަހު ހަށިގަނޑު ރާއްޖެ ގެނެސް މިރޭ ވަޅުލަން ނިންމައިފިއެވެ.

 އަތުހަރު ހައްޔަރުކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ ހިނގި ހާދިސާގައި އަންހެން މީހާ ސަލާމަތްކުރުމަށް އުުޅުމުގެ ތެރޭގައި ފުލުހުން އޭނާގެ ބޮލުގައި ޖެހުމުން ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު، ހުކުރު ދުވަހުގަ އެވެ.

ހޮޑުލާތީ އާދި ފިޓު ޖެހިގެން ހުކުރު ދުވަހު ވެސް އޭނާ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އަދި އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ވަގުތެއްގައި ހޮސްޕިޓަލުން އޭނާ ދޫކޮށްލުމުން، އަނެއްކާ ވެސް ފުލުހުންގެ ހައްޔަރަށް ގެންދިޔަ އެވެ.

ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި އޭނާ ބަހައްޓަން އަމުރުކޮށްފައިވަނިކޮށް އަމިއްލައަށް މަރުވާން މަސައްކަތްކުރީ ފުލުހުންގެ ބެލުމުގެ ދަށުގައި، ދޫނިދޫގެ ގޮޅީއެއްގައި ބަންދުކޮށްފައި ހުއްޓަ އެވެ.

އަތުހަރުގެ ޕޯސްޓްމޯޓަމް ހަަދަން އާއިލާ އިން ދެކޮޅު ހެދި އެވެ. އެ މީހުން އެދުނީ އަވަހަށް ވަޅުލައިދޭށެވެ. ނަމަވެސް މިވަގުތު އުސޫލު އޮތް ގޮތުން މިފަދަ މަރުތަކުގައި އާއިލާ އިން ދެކޮޅު ހެދި ނަމަވެސް ޕޯސްޓްމޯޓަމް ހަދަ އެވެ. އެއީ މަރުގެ ހަގީގީ ސަބަބު ދެނެގަނެ އެ ނޫން އެއްވެސް ސަބަބެއް ނެތް ކަން ޔަގީން ކުރުމަށެވެ.

އަތުހަރުގެ ހަށިގަނޑު ރާއްޖެ ގެނެސް އާއިލާއާ މިއަދު ހަވާލު ކުރާނެ ކަން ވަނީ އަންގާފަ އެވެ. އާއިލާ އިން ވަނީ އަތުހަރުގެ ޖަނާޒާ މިރޭ 10 ޖަހާއިރު ބާއްވަން ނިންމާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.