މައްޗަންގޮޅި ގެއެއްގެ ތެރެއަށް ވެއްޓުނު ދަގަނޑުގަނޑު -- ފޮޓޯ: ނުކުތާ
ހަބަރު
08 Sep 2024 | 20:05
މާލޭގެ ގެއެއްގެ ފުރާޅު ފޫ އަޅުވައިލައި ކޮޓަރިތެރެއަށް ދަގަނޑެއް ވެއްޓިއްޖެ

މިއަދު އިރުއޮއްސުމާ ދިމާކޮށް މައްޗަންގޮޅީގައި ހުރި ގެއެއްގެ ކޮޓަރިތެރެއަށް އެނބުރިދަގަނޑެއް ވެއްޓި، ގެއްލުންތަކެއް ލިބިއްޖެއެވެ.

މި ހާދިސާ ހިނގީ އެ ގޭގެ ކައިރީގައި ހިނގަމުންދާ އިމާރާތްާރާތް ކުރުމުގެ މަސައްކަތަކުން ވެއްޓުނު ދަގަނޑު ބުރިއެއް އެ ގޭގެ ފުރާޅު ފޫއަޅުވައިލައި ކޮޓަރިއަކަށް ވެއްޓުމުންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަން އެ ގޭގެ މީހުން ވަނީ ބައެއް މީޑިއާތަކަށް ކިޔައިދީފައެވެ. ނަމަވެސް، މި ހާދިސާ ހިނގުމުގެ ކުޑައިރުކޮޅެއް ކުރިން އެ ކޮޓަރީގައި ހުރި ބަންކު ބެޑުގައި ދޮޅު އަހަރުގެ ކުޑަކުއްޖަކު ނިދަން އުޅުނުކަމަށް އެ ގޭގެ މީހުން ބުނެފައިވެއެވެ. އެ ކުއްޖާ ނުނިދުމުން ސިޓިންގ ރޫމަށް ގެންދިއުމާ ގުޅިގެން މި ނުރައްކާތެރި ހާދިސާއިން އެ ތުއްތު ކުއްޖާ ސަލާމަތްވެފައިވަނީ ކިރިޔާކަން ފާހަގަކުރެވެއެވެ.

ވެއްޓުނު ދަގަނޑުގަނޑަކީ 18 އެމްއެމްގެ ފަލަ އެނބުރި ދަގަނޑެކެވެ. އަދި އެއީ މީހެއްގެ އިސްކޮޅު ހުންނަވަރުގެ ދިގު ދަގަނޑު ބުރިއެއްކަން އެނގިފައިވެއެވެ. މި ދަގަނޑުގަނޑު ވެއްޓުމުން ބަންކު ބެޑާއި ތަޅުންގަނޑުގައި ޖެހި ގެއްލުންވެފައިވާކަމަށް އެ ގޭގެ މީހުން މައުލޫމާތު ދީފައިވެއެވެ.

އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ސައިޓްތައް ކައިރިން މިފަދަ ނުރައްކާތެރި ހާދިސާތައް މީގެ ކުރިންވެސް މާލޭގައި ވަނީ ހިނގާފައެވެ. އެގޮތުން މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އެފަދަ އިމާރާތަކުން ވެއްޓުނު ސިމެންތިކޮތަޅަކުން ޖެހި މަގުމަތިން ހިނގާފައި ދިޔަ ތުއްތުކުއްޖަކު މަރުވި ހާދިސާ ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.