ބައެއް ޖަމިއްޔާތަކާއެކު އެއްބަސްވުމުގައި ސޮއިކުރުން ---
ހަބަރު
08 Sep 2024 | 20:52
ފައިސާގެ އެހީ ލިބޭ 10 ޖަމިއްޔާއަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން މުޖުތަމައު ބާރުވެރިކުރުމުގެ މަޝްރޫއުތަކަށް ފައިސާގެ އެހީ ދިނުމަށް ހޮވުނު 10 މަދަނީ ޖަމްއިއްޔާއަކާއެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެހީއަކީ މަދަނީ ޖަމްއިއްޔާތަކުން ހިންގާ މުޖުތަމައު ބާރުވެރިކުރުމުގެ މަޝްރޫއުތަކަށް ފައިސާގެ އެހީއަށް އެދި ހުށަހެޅުމަށް މިނިސްޓްރީން ކުރިން ހުޅުވާލި ފުރުސަތުގެ ދަށުން ދެވޭ ގްރާންޓެކެވެ.

މިއަދު ސޮއިކުރެވުނު ޖަމްއިއްޔާތަކުގެ ތެރޭގައި ދުވާފަރު ޔޫތު މޫވްމަންޓް، އައިކަންސް އެސޯސިއޭޝަން، ތުޅާދޫ ސިލްވަރ ޝައިންސް ކްލަބް، ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސް، ޖަމްއިއްޔަތުލް ސަލަފް، ހުޅުދެލީ އައިލެންޑް ސޯޝަލް އެންޑް ސްޕޯޓްސް އެސޯސިއޭޝަން، ޓޮޕްސީ، އެސޯސިއޭޝަން ފޯ މަތިވެރި ސްޕޯޓްސް އެންޑް އެވެއާނަސް، ގަމު ޒުވާނުންގެ ޖަމްއިއްޔާ އަދި ސޮސައިޓީ ފޯ ތުނޑީ އެޑްވާންސްމަންޓް އެންޑް ރެކްރިއޭޝަން ހިމެނެއެވެ.

މިނިސްޓްރީގެ ފަރާތުން މައުލޫމާތު ދެއްވި ގޮތުގައި، މާދަމާ ވެސް އިތުރު ޖަމްއިއްޔާތަކާއެކު ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ގްރާންޓް ޕްރޮގްރާމް އިއުލާނު ކުރެވިފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވޭގައެވެ. މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކުދި، މެދު އަދި ބޮޑެތި މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށް ކަމަށާއި، އެހީގެ ގޮތުގައި ދެވޭނީ ގިނަވެގެން 300،000 (ތިން ލައްކަ) ރުފިޔާ ކަމަށް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

މި ގްރާންޓްގެ މައިގަނޑު މަޤްޞަދަކީ މުޖުތަމައު ބާރުވެރިކުރުމަށް މަދަނީ ޖަމްއިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް، އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު، ޤައުމީ ތަރައްޤީގައި މަދަނީ ޖަމްއިއްޔާތަކުގެ ދައުރު ފުޅާކުރުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Jun 2026
އޭސީސީގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދު އިސްލާޙު ކޮށްފި
މި އިޞްލާޙުގެ ދަށުން ކަނޑައަޅާފައިވާ މުއްދަތަށް މައްސަލަ ނުނިންމޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، މުއްދަތު އިތުރުކުރެވޭނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން، މުއްދަތު މުރާޖަޢާކޮށްގެންނެވެ.
28 Jun 2026
އުރީދޫ ނޭޝަން ކަޕް 2026 ގެ ޗެމްޕިއަންކަން ޒަމީލް ހޯދައިފި
ދެކުނު ކޮރެއާ ތަމްސީލުކުރި މުޙައްމަދު ޒަމީލް ޒިހުނީ އުރީދޫ ނޭޝަން ކަޕް 2026 އީ-ސްޕޯޓްސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި 8،000 ރުފިޔާއާއި ހައިސެންސް ޓީވީ އިނާމަށް ހޯދައިފި އެވެ.
28 Jun 2026
އެމްއޭސީއެލް އިން ތިން މުއައްސަސާއަކާ ފަހުމުނާމާގައި ސޮއިކޮށްފި
އެމްއޭސީއެލް އިން އެންޑީއެމްއޭ އާއި އެމްއެމްއެސް އަދި އެމްއާރްސީ އާ އެކު ވެލާނާ އެއަރޕޯޓުގެ ކާރިސާތަކާއި ކުއްލި ހާލަތްތައް މެނޭޖްކުރުމުގެ ޤާބިލުކަން ވަރުގަދަކުރުމަށް ފަހުމުނާމާގައި ސޮއިކޮށްފި
28 Jun 2026
ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ދެ ބިދޭސީން ހައްޔަރުކޮށްފި
ފުލުހުން ބުނީ، މި ޖޫން މަހުގެ 26 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ހިންގި އޮޕަރޭޝަންގައި، އެ މީހުން ހައްޔަރުކޮށް، އެ މީހުން ދިިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު 15 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.
28 Jun 2026
ހިންމަފުށީގައި ޑްރަގް ފަރުވާއަށް ބޮޑު ސެންޓަރެއް ހަދަނީ، 18 މަހުން ނިންމާނެ
ވަޒީރު ވިދާޅުވީ އަމާޒަކީ 18 މަސް ދުވަހުގެ ތެރޭގައި ހިންމަފުށީ ސެންޓަރުގެ މަސައްކަތް ނިންމާލުން ކަމަށެވެ.
28 Jun 2026
ގްރޫޕްގެ އެންމެ ފަހު މެޗުންވެސް އާޖެންޓީނާއަށް މޮޅެއް، މެސީ ރަންބޫޓާ ދިމާލަށް
އާޖެންޓީނާ ހިމެނޭ ގްރޫޕްގެ ނޮކްއައުޓްބުރަށް ދަތުރުކުރި އަނެއް ދެ ޓީމަކީ އޮސްޓްރިއާ އަދި އަލްޖީރިއާއެވެ.
28 Jun 2026
ވޯލްޑް ކަޕްގައި ޖެހިޖެހިގެން 7 މެޗުގައި ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑް މެސީއަށް
މި ގޯލާ އެކު މެސީ ވެފައިވަނީ ވޯލްޑް ކަޕްގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ގޯލް ޖެހި ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފައެވެ. އެއީ ޖެހިޖެހިގެން ހަތް މެޗެވެ. މީގެ ކުރިން މި ރެކޯޑު ހިފެހެއްޓީ ފްރާންސްގެ ޖަސްޓް ފޮންޓެއިން އާއި ބްރެޒިލްގެ ޖައިރްޒީނިއޯ އެވެ. އެއީ ޖެހިޖެހިގެން 6 މެޗުގައި ގޯލުޖަހައިގެންނެވެ.
28 Jun 2026
އަހަރުގެ މިހާތަނަށް ހިމަބިހީގެ 22 ކޭސް؛ ގިނައީ ދިވެހިން
މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުން ހިމަބިހީގެ ޖުމްލަ 22 ކޭސް ރިޕޯޓުކުރެވިފައިވާއިރު ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ގިނައީ ދިވެހިން ކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ. ބަލި ކޮންޓްރޯލުކުރުމަށް ޚާއްޞަ ވެކްސިން ޕްރޮގްރާމެއް މިއަދު ވަނީ ފަށާފައު