ހާދިސާ ހިނގި ހިސާބުތައި ކަމާބެހޭ ބޭފުޅުން ހަރަކާތްތެރިވަނީ -- ފޮޓޯ: ދަގާޑިއަން
ދުނިޔެ
08 Sep 2024 | 23:52
ކެންޔާގެ ސްކޫލެއްގައި ރޯވެ 17 ކުދިން މަރުވި ހާދިސާއާއި ގުޅިގެން ގައުމީ ހިތާމަ އިއުލާންކޮށްފި

ކެންޔާގެ ސްކޫލެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 17 ކުދިން މަރުވުމާ ގުޅިގެން ޤައުމީ ހިތާމަ އިޢުލާންކޮށްފިއެވެ.

ކެންޔާގެ މެދުތެރޭގައިވާ ނިއެރީ ކައުންޓީގެ ހިލްސައިޑް އެންޑަރާޝާ އެކަޑަމީގައި ހިނގި މި ހާދިސާއާ ގުޅިގެން ކެންޔާގެ ރައީސް ވިލިއަމް ރޫޓޯ ވަނީ އާދިއްތަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ޤައުމީ ހިތާމައެއް އިޢުލާންކޮށްފައެވެ.

ބުރާސްފަތި ދުވަހުގެ މެންދަމު ހިނގި މި ހާދިސާގައި 150 އަށްވުރެ ގިނަ ކުދިން ނިދަމުންދިޔަ ޑޯމިޓަރީއެއްގައި އަލިފާން ރޯވެ، 17 ކުދިން މަރުވެފައިވާކަން ރައީސް ރޫޓޯ ވަނީ ހާމަކޮށްފައެވެ. އަދި މީގެ އިތުރުން 14 ކުދިން ޒަޚަމްވެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި، 70 ކުދިންގެ މަޢުލޫމާތު ނުލިބޭކަމަށް ނައިބު ރައީސް ރިގަތި ގަޗަގުއާ ބުނެފައިވެއެވެ.

ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ތަޙްޤީޤު ފަށާފައެވެ. ޕޮލިސް ޑިޓެކްޓިވުން ބުނާ ގޮތުގައި މަރުވި ކުދިންގެ ޑީއެންއޭ ޓެސްޓުކުރުމުގެ މަސައްކަތް ވެސް ފަށައިފިއެވެ. މި ހާދިސާ ހިނގަން ދިމާވި ސަބަބާއި އެހީތެރިކަން ލިބުން ލަސްވި ސަބަބު ބަލައި، އެކަމާ ގުޅުންހުރި ފަރާތްތައް ޒިންމާދާރުކުރުވާނެކަމަށް ރައީސް ރޫޓޯ ވަނީ ވިދާޅުވެފައެވެ.

ހާދިސާގައި ކުދިން މަރުވި ޑޯމިޓަރީގެ ހާލަތު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށާއި، ގިނަ ކުދިން އެއްތަނެއްގައި ބައިތިއްބާފައި ހުރިކަމަށް ރިޕޯޓުތަކުން ދައްކައެވެ. މިކަމާ ގުޅިގެން ސްކޫލްތަކުގެ ރައްކާތެރިކަމުގެ މައްސަލަ ވަނީ އަލުން ސަމާލުކަމަށް އައިސްފައެވެ.

ކުދިންގެ ޢާއިލާތަކުން ވަނީ ކުދިންނާ ބެހޭ މަޢުލޫމާތު ލިބުމަށް އެދި އާދޭސްކޮށްފައެވެ. ސްކޫލަށް އެއްވެފައިވާ ޢާއިލާތަކުގެ މެދުގައި ހާދިސާއާ ގުޅިގެން ބޮޑު ކަންބޮޑުވުމެއް އޮތްކަން ފާހަގަކުރެވެއެވެ.

ކެންޔާ ރެޑް ކްރޮސްއިން ވަނީ ހާދިސާއިން ސަލާމަތްވި ކުދިންނާއި އެކުދިންގެ ޢާއިލާތަކަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.
10 Sep 2026
ވަކީލުންގެ ބޮޑު ޓީމަކާއެކު ނާކާމިޔާބު: ކެނެބިސް ޓްރެފިކުކުރުމުގެ ކުށުން ކުށްވެރިވެ އުމުރަށް ޖަލަށް
މި މައްސަލާގައި ޝަރީފްގެ ދިފާއީ ވަކީލުންގެ ގޮތުގައި ހަތަރު ވަކީލުން ހިމެނޭ ގާނޫނީ ޓީމެއް މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި މަޝްހޫރު ބައެއް ވަކީލުން ވެސް ހިމެނެ އެވެ.
10 Sep 2026
ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
ހައްޖު ކޯޕަރޭޝަނުން ބުނީ މި ބައްދަލުވުމުގައި ވަނީ ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
10 Sep 2026
މިރެއިން ފެށިގެން ބަދަލެއް؛ ބީއެމްއެލުން ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލަނީ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް"ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް ޓީމުން ހޯދައިފިއެވެ.