ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ.ޢައިޝަތު ރަމީލާ -- ފޮޓޯ: ޕީއެސްއެމް
ހަބަރު
08 Sep 2024 | 23:58
އުތުރު ތިލަފަޅުގެ އެގްރިކަލްޗަރ ޒޯންގެ އަމަލީ މަސައްކަތް އަންނަ ޖެނުއަރީގައި ފަށަނީ

އުތުރު ތިލަފަޅުގައި ސަރުކާރުން ތަރައްޤީކުރާ 200 ހެކްޓަރުގެ އެގްރިކަލްޗަރ ޒޯންގެ އަމަލީ މަސައްކަތް އަންނަ ޖެނުއަރީގައި ފެށޭނެކެމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ.ޢައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ. މިއީ އިޤްތިޞާދީ އަދި އިޖުތިމާޢީ އެތައް މައްސަލައެއްގެ ހައްލާއި ގުޅިފައިވާ އުއްމީދީ މަޝްރޫޢެކެވެ. 

ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ނިސްބަތް މަދުކޮށް ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި އުތުރު ތިލަފަޅުގައި ދަނޑުވެރިކަމުގެ މެގަ މަޝްރޫޢެއް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ޢިއުލާންކުރައްވާފައެވެ.

މިމަޝްރޫޢާއެކު ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ނިސްބަތް މަދުކުރެވި އެކަމަށް ކުރާ ހޭދަ ކުޑަކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ހަމައެއާއެކު ކާނާގެ ޔަގީންކަން ކަށަވަރުކުރެވި ސިއްޙީގޮތުން ޔަގީންކަން އޮތް ކާނާގެ ބާވަތްތައް ލިބޭނެ މަގުފަހިވެގެންދާނެކަން ސަރުކާރުން ފާހަގަކުރައްވައެވެ.

މިމަޝްރޫޢުގެ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން  ވަޒީރު ރަމީލާ ވިދާޅުވީ މަޝްރޫޢު އެކުލަވާލުމުގެ މަސައްކަތް އެއްކޮށް ނިމި މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ ޓައިމްލައިނެއްވެސް އެކުލަވާލާފައިވާކަމަށެވެ. އަދި ބިން ހިއްކުމަށް ބޭނުންވާ އީއައިއޭގެ މަސައްކަތް މިހާރު ކުރިއަށްދާކަން ފާހަގަކުރައްވާ، ވަޒީރު ވިދާޅުވީ މިއީ ސަރުކާރުގެ އެންމެ އުއްމީދީ އެއް މަޝްރޫޢުކަމަށެވެ. މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިކަމަށްޓަކައި 200 ހެކްޓަރުގެ ބިން އަޅުގަނޑުމެންނަށް ދޫކުރާގޮތަށް ހަމަޖެހިފައިވަނީ. ދެފޭސްއަކަށް ކުރިއަށްގެންދާ 100 ހެކްޓަރުގެ ފުރަތަމަ ފޭސްގައި ކުރާނީ މުޅިންވެސް ގްރީންހައުސްތަކެއް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައި. އަނެއް 100 ހެކްޓަރުގައި މައިގަނޑުގޮތެއްގައި ހައްދާނީ ބިމަށް ފައިބާގޮތަށް މިހުންނަ ބާވަތްތައް. އޭގެތެރެއިންވެސް ރާއްޖެއަށް އާއްމުކޮށް އެތެރެކުރާ ބާވަތްތައް." 

ވަޒީރު ޑރ.ޢައިޝަތު ރަމީލާ ވިދާޅުވިއެވެ.

ރާއްޖޭގައި ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއެކު އަގުހެޔޮކޮށް ރަނގަޅު ކޮލިޓީގެ ކާނާ ރާއްޖޭގައި ލިބޭނެ މަގު ފަހިވެގެންދާނެކަމަށް ވަޒީރު ރަމީލާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.