ތޫފާން ޔާގީގެ ސަބަބުން މަގެއް ހަލާކުވެފައި
ދުނިޔެ
09 Sep 2024 | 16:26
ތޫފާން ޔާގީ:ވިއެޓްނާމްގައި ބިންގަނޑު ކަނޑައިގެން ގޮސް ފެންބޮޑުވެ 59 މީހުން މަރުވެއްޖެ

ތޫފާން ޔާގީގެ ސަބަބުން ވިއެޓްނާމްގައި ބިންގަނޑު ކަނޑައިގެން ދިއުމާއި ފެންބޮޑުވުމުގެ ސަބަބުން 59 މީހުން މަރުވެފައިވާ ކަމަށް ވިއެޓްނާމްގެ ދައުލަތުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މި ތޫފާނަކީ މިއަހަރު އޭޝިއާގެ އެންމެ ބާރުގަދަ ތޫފާން ކަމަށާއި ޗައިނާ އާއި ފިލިޕީންސަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ އެކު ހޮނިހިރު ދުވަހު ވިއެޓްނާމްގެ އިރުއުތުރު އައްސޭރިފަށަށް ވަނީ އަރާފަ އެވެ.

ވިއެޓްނާމްގެ ހުޅަނގު އުތުރުގެ ހޯންގް ލިއަން ސޮން ފަރުބަދަތަކުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މަރުވި ހަ މީހުންގެ ތެރޭގައި އަލަށް އުފަންވި ތުއްތު ކުއްޖަކާއި އެއް އަހަރުގެ ފިރިހެން ކުއްޖަކު ވެސް ހިމެނެ އެވެ.

އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން އެގައުމުގެ އޮފިޝަލަކު ވިދާޅުވީ އެ މީހުންގެ ހަށިގަނޑު ފެނިފައި ވަނީ އާދީއްތަ ދުވަހު ކަމަށެވެ.

އޭގެ ތެރޭގައި ވިއެޓްނާމްގެ އުތުރުގެ ފަރުބަދަމަތީ ހޯއާ ބިންހް ޕްރޮވިންސްގެ ބޯކޮށް ވާރޭވެހި ފަރުބަދައެއް ގެއެއްގެ މައްޗަށް ވެއްޓި މަރުވި ހަތަރު މީހުންގެ އާއިލާއެއް ވެސް ހިމެނޭ ކަމަށް ދައުލަތުގެ މީޑިއާއިން ބުނެ އެވެ.

ހޯމަ ދުވަހުގެ ހެނދުނު 20 މީހުންނާއެކު ދަތުރުކުރި ފަސިންޖަރު ބަހެއް، ފަރުބަދަމަތީ ކާއޯ ބަންގް ޕްރޮވިންސްގައި ބިންގަނޑު ކަނޑައިގެން ކޯރަކަށް ވެއްޓިފައިވާކަމަށްވެސް ވަނީ ބުނެފައެވެ.

ފު ތޮ ޕްރޮވިންސްގެ ރަތް ކޯރުގެ މައްޗަށް އަޅާފައިވާ ބްރިޖެއް ވެއްޓުމާ ގުޅިގެން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ދެ ސައިކަލާއެކު 10 ކާރާއި ޓްރަކް ކޯރަށް ވެއްޓުނެވެ.

ކޯރުން ތިން މީހަކު ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އިތުރު 13 މީހަކު އަދި ނުގެނެއެވެ.

ތޫފާން ޔާގީ ވިއެޓްނާމަށް އެރުމިގެ ކުރިން ވަނީ ޗައިނާ އާއި ފިލިޕީންސްގެ ދެކުނުގެ ސަރަހައްދުތައް އަރައި 24 މީހުން މަރާލައި އެތައް ބަޔަކު ޒަހަމްކޮށްލާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.