އުޅަނދުތައް ޕާކުކުރަން ޚާއްސަކުރި ބިމުގައި މިނިސްޓަރު އަމީން ނޫސްވެރިންނަށް މައުލޫމާތު ދެއވަނީ -- ފޮޓޯ: މިނިސްޓްރީ
ހަބަރު
09 Sep 2024 | 20:06
ހަތަރު ފުރޮޅުލީ އުޅަނދު ޕާކު ކުރުމަށް ހުޅުމާލެއިން ބިމެއް ހަމަޖައްސައިފި

ހުޅުމާލޭގެ ސަހަރާ ކުރިމަތީގައިވާ ބިން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ޕާކުކުރުމަށް ހަމަޖައްސައިފިއެވެ.

މިކަން އިޢުލާންކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީނެވެ. އެ ސަރަހައްދުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، 90,000 އަކަފޫޓުގެ ބިމުން 50,000 އަކަފޫޓު ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޚާއްޞަކުރެވޭނެ ކަމަށެވެ.

ބާކީ 40,000 އަކަފޫޓު ބޭނުންކުރެވޭނީ ހުޅުމާލޭ މަގުތަކުން ޓޯކުރެވޭ ނުގަވާއިދުން ޕާކުކޮށްފައިވާ އުޅަނދުތައް ބެހެއްޓުމަށެވެ. މިނިސްޓަރު އަމީން ވިދާޅުވީ، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި މި ބިމުގައި ޕާކުކުރުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ. މިހާރު ކުރިއަށްދަނީ ބިން ސާފުކޮށް އެއްވަރުކުރުމުގެ މަސައްކަތްތަކެވެ.

މި އިންތިޒާމަކީ ވަގުތީ ގޮތުން ހަމަޖައްސާފައިވާ ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ހުޅުމާލޭގައި އަޅަމުންދާ ޕާކިން ބިލްޑިންގުތަކުގެ މަސައްކަތް ނިމެންދެން މި އިންތިޒާމު ދެމިއޮންނާނެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތެއްގެ ބައެއްކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"މިތަނަކީވެސް ރައީސް ވަރަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން އެއްކަން. މިތަނަށް އެބައޮތް އެޗްޑީސީގެ ޕްލޭނެއްވެސް. އެ ޕްލޭން އަންނަންދެން މި ތަން ބޭނުންކުރެވޭނެ"

ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން

މާލޭ ސަރަހައްދުގެ ޕާކިން މައްސަލަ ހައްލުކުރުމަށް ހުޅުމާލޭގައި 15 ޕާކިން ބިލްޑިންގު އެޅުމަށް ވަނީ ރޭވިފައެވެ. މި މަޝްރޫޢުތައް ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވަނީ ފުރުސަތު ހުޅުވާލާފައެވެ. އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މާލޭ ސަރަހައްދުގެ ޕާކިން މައްސަލަ ހައްލުކުރެވޭނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.