ޝަރީފް "ހަވަރު ބެރު" ޕެނަލް ޑިސްކަޝަންގައި. ފޮޓޯ: އެމްޑީޕީ
ހަބަރު
10 Sep 2024 | 08:25
ފައިސާ ލިބެން އެބަހުރި. މައްސަލައަކީ މި ސަރުކާރަށް މާލީ ކަންކަން މެނޭޖްކުރަން ނޭނގުން: އީސީ ޝަރީފް

އެމްޑީޕީ ސަރުކާރުގެ ވެރިކަމުގައި ތައާރަފްކޮށްފައި ހުރި ޓެކްސްތަކުން ފައިސާ ލިބެންހުރިއިރު، މި ސަރުކާރުގެ މައްސަލައަކީ މާލީ ކަންކަން މެނޭޖްކުރަން ނޭނގުންކަމަށް އެމްޑީޕީގެ ވެރިކަމުގައި ފެނަކަ އަދި ސްޓެލްކޯ ހިންގެވި އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އިދިކޮޅު އެމްޑީޕީގެ ވެރިކަމުގައި ގެންގުޅުނު މާލީ ދޯހަޅި ސިޔާސަތްތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު މިވަގުތު އަނދަވަޅަކަށް ވެއްޓިފައިވާކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ. މިގޮތުން އެމްޑީޕީގެ ވެރިކަމުގައި ނެގި ލޯނުތަކުގެ ސަބަބުން ކުރިއަށްއޮތް 2026 ވަނަ އަހަރު އެކަނިވެސް އެއް ބިލިއަން ޑޮލަރު ބޭރުގެ ފަރާތްތަކަށް ދައްކަންޖެހޭކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އެމްޑީޕީން ރޭ ބޭއްވި "ހަވަރު ބެރު" ޕެނަލް ޑިސްކަޝަންގައި އީސީ ޝަރީފް ވަނީ މާލީ ކަންކަމުގައި ސަރުކާރުން ދައްކަމުންގެންދާ ވާހަކަތަކަށް ރައްދުދެއްވާފައެވެ. ސަރުކާރު ހިންގުމަށް ބޭނުންވާ ފައިސާ ލިބެން ހުރިކަމަށާއި، ނޭވާހޮޅިއަށް އެޅޭވަރު ނުވާކަމަށް ރޭ ޝަރީފްގެ ވާހަކައިގަ ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ޝަރީފް ވަނީ އެމްޑީޕީ ސަރުކާރުގެ ވެރިކަމުގައި ތައަރަފްކުރި ޓެކްސްތަކުން ސަރުކާރު ހިންގޭވަރަށް ފައިސާ ލިބެން އޮތްކަމަށް ވިދާޅުވެފައެވެ. ޓެކްސްތަކުެގ ރޭޓަށް ބަދަލުތައް ގެނެސްފައިވާއިރު، ދަރަނިތައް ހުންނާނީ ދެއްކޭގޮތަށްކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ރާއްޖެއަށް ލިބޭ ބޭރުފައިސާގެ އަދަދުވެސް އިތުރުވަމުން އަންނަ ކަމަށެވެ. އަދި ސަރުކާރުން ބުނާގޮތުގައި ރިކަރަންޓް ހަރަދާއި، މީގެ ކުރީ ސަރުކާރުތަކުން ކުރިއަށްގެންދަމުން އައި ތަރައްޤީގެ މަޝްރޫޢުތައްވެސް ހުއްޓާލާފައިވާކަމަށެވެ. ޝަރީފް ވިދާޅުވީ އެކަންކަމަށް ރިޔާއަތްކުރާއިރު، މިހާރު ސަރުކާރުގައި ފައިސާ ހުންނަންޖެހޭނޭ ކަމަށެވެ.

މީގެ އިތުރުންވެސް ޝަރީފް ވަނީ ކުރިއާ ބަލާއިރު، މިހާރު ހަރަދުތައް ކުޑަވާންޖެހޭނެ ބައެއް ކަންކަން ވިދާޅުވެފައެވެ. އެމްޑީޕީ ވެރިކަމުގައި ތެލުގެ އަގު ބޮޑުކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ، އޭރު ތެއޮ ހޯދުމަށް މަހަކަށް 50 މިލިއަން ޑޮލަރު ހޭދަކުރަން ޖެހުނު ކަމަށެވެ. ހިސާބުތައް ހަދާލާއިރު، މިހާރު ދުނިޔޭގެ ބާޒާރުގައި ތެލަށް އައިސްފައިވާ ހެޔޮ ބަދަލާއެކު މިހާރު ސަރުކާރުން ތެލަށް ކުރަންޖެހޭ ހަރަދު 30 މިލިއަން ޑޮލަރަށް ދަށްވާނޭކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން އެއީވެސް ސަލާމަތްވި ހަރަދުތަކެއްކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެންގެ ސަރުކާރުގައި ތައާރަފްކުރި ޓީޖީއެސްޓީން މި ސަރުކާރު އެންޖޯއިން ކުރަމުންދާނެ. އޭގެ ފައިދާ ލިބެމުންދާނެ މި ސަރުކާރަށް. އަހަރަކު 200 މިލިއަން ޑޮލަރު އިތުރަށް ލިބޭނެ މި ސަރުކާރަށް. އެހެންވީމަ އެއީވެސް ދައުލަތުގެ އިޤްތިސާދަށް ވަންނަމުންދާނެ އެއްޗެއް

ޝަރީފް ވިދާޅުވިއެވެ

ސަރީފް އިތުރަށް ވިދާޅުވީ އެމްޑީޕީ ސަރުކާރުގެ ވެރިކަމުގައި ޕްލާސްޓިކް ކޮޓަޅުން ފީއެއް ނަގަން ފެށުމުންވެސް މި ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ފާޑުކިޔަމުން ގެންދިޔަކަމަށެވެ. އެމްޑީޕީ ސަރުކާރުގައި ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޭޕްރިލްމަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ.

ޝަރީފް ވިދާޅުވީ ކޮތަޅު ފީން އެކަނިވެސް އަހަރަކު ބާރަ މިލިއަން ރުފިޔާ ސަރުކާރަށް ލިބެމުންދާނޭކަމަށެވެ. މިވެސް ދައުލަތުގެ ބައިތުލްމާލަށް އިތުރުވާނޭ އާމްދަނީކަން އޭނާ ފާހަގަކުރެއްވިއެވެ.

އެމްޑީޕީ ސަރުކާރުގެ ވެރިކަމުގައި އާމްދަނީ ހޯދުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކު އަހަރުން އަހަރަށް ބޭރުގެ ފަރާތްތަކަށް ދައްކަންޖެހޭ ދަރަނީގެ ފަރަގު ކުޑަވާނޭކަން ފާހަގަކުރައްވަމުން ޝަރީފް ވަނީ ކިތަންމެ ރަނގަޅު ފިޔަވަޅުތަކެއް އެޅިނަމަވެސްަ ކަންކަން މެނޭޖްކުރަން ނޭނގޭ މީހުންނަށް އެކަންކަމުންވެސް ކުރާނޭ މަންފާއެއް ނޯންނާނޭކަން ފާހަގަކުރައްވާފައެވެ. ޝަރީފް ވިދާޅުވީ އަދުގެ ސަރުކާރަށް ކަންކަން މެނޭޖްކުރަން ނޭނގޭކަމަށާއި، ސަރުކާރުގެ ފަރާތުން މިއަދު އެ ފެންނަމުން ދަނީ ކަންކަން މެނޭޖްކުރަން ނޭނގުމުގެ ސަބަބުން ވަމުންދާ ގޮތްތައް ކަމަށެވެ. 

ކޮމެންޓް
އަސްލު ވެސް
އެހެންވެ ނިމިދިޔަ ސަރުކާރުގަ ލޯނު ދައްކަން ލޯނުނަގާ ރުފިޔާ ޖެހީ
10 Sep 2024
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.