ސްކޮލަޝިޕްގެ އެއްބަސްވުމުގައި ސޮއިކުރެވުނު ރަސްމިއްޔާތު --- ފޮޓޯ: މިނިސްޓްރީ
ހަބަރު
10 Sep 2024 | 21:52
މެލޭޝިއާއިން ރާއްޖެއަށް 561 ސްކޮލަޝިޕްގެ ފުރުސަތު ދެނީ

މެލޭޝިއާއިން ދިވެހި ދަރިވަރުންނަށް 561 ސްކޮލަޝިޕް ފުރުސަތު ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކުރެވިއްޖެއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތެއްގައި، އެޑިޔުކޭޝަން މެލޭޝިއާ ގްލޯބަލް ސާވިސްއާ އެކުގައެވެ.

މި އެއްބަސްވުމުގެ ދަށުން ހަ ދާއިރާއަކުން ސްކޮލަޝިޕް ފުރުސަތުތައް ލިބޭނެއެވެ. އޭގެ ތެރޭގައި އާރޓްސް އެންޑް ހިއުމެނިޓީސްއަށް 75 ފުރުސަތު، އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީއަށް 150 ފުރުސަތު، އަދި ސޯޝަލް ސައިންސަސް އެންޑް މެނޭޖްމަންޓަށް 255 ފުރުސަތު ހިމެނެއެވެ. އަދި ލައިފް ސައިންސަސް އެންޑް މެޑިސިންދާއިރާއިން 63 ފުރުޞަތާއި، ނެޗުރަލް ސައިންސަސްގެ ދާއިރާއިން 11 ފުރުޞަތު ދިނުމަށް ހަމަޖެހިފައިވާއިރު، އެހެނިހެން ދާއިރާތަކުންވެސް އިތުރު 7 ފުރުޞަތު ދިނުމަށްވަނީ މިއަދު އެއްބަސްވެފައެވެ. 

ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ މި އެއްބަސްވުމަކީ ދިވެހި ދަރިވަރުންނަށް ފެންވަރު ރަނގަޅު މަތީ ތަޢުލީމާއި ތަމްރީނު ހާސިލުކުރުމަށް ލިބޭ "ރަނުގެ ފުރުސަތެއް" ކަމަށެވެ. އަދި މިއީ ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި، ދެ ޤައުމުގެ ތަޢުލީމީ މަރުކަޒުތަކުގެ ތަރައްޤީއަށް ދެވޭ އިސްކަމުގެ ނިޝާނެއް ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ސްކޮލަޝިޕްތަކުގެ ދަށުން ދަރިވަރުންގެ ކޯސްފީއަށް މާލީ އެހީ ދިނުމުގެ އިތުރުން، ވިސާ އަދި އިދާރީ ކަންކަން ހަމަޖެއްސުމުގައިވެސް މެލޭޝިއާގެ އިދާރާތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ގްލޯބަލް ސާވިސްއިން ބުނެފައިވެއެވެ.

މެލޭޝިއާއަކީ އެންމެ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މަތީ ތަޢުލީމު ހާސިލުކުރަމުންދާ އެއް ޤައުމެވެ. މިހާރުވެސް 1700 އަށްވުރެ ގިނަ ދިވެހި ދަރިވަރުން އެ ޤައުމުގައި ކިޔަވަމުންދާކަން ފާހަގަކުރެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.