މޫޑީސް --
ހަބަރު
11 Sep 2024 | 18:40
މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ސީއޭއޭ1 އިން ސީއޭއޭ2 އަށް ދަށްކޮށްފި

މޫޑީސްއިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ ސީއޭއޭ1 އިން ސީއޭއޭ2 އަށް ދަށްކޮށްފިއެވެ.

މި ބަދަލު ގެނައުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރާއްޖޭގެ ބޭރުގެ ދަރަނީގެ ސްޓޮކް އިތުރުވެފައިވުމާއި، 2025 އަދި 2026 ގައި ދައްކަންޖެހޭ ބޮޑެތި ދަރަނިތައް ހިމެނެއެވެ. އަދި ނިމިދިޔަ ސަރުކާރުން ޗާޕުކުރި 8 ބިލިއަން ރުފިޔާގެ ސަބަބުން ބާޒާރުގައި ދައުރުވާ ފައިސާ އިތުރުވެ، ޑޮލަރުގެ ޑިމާންޑް އިތުރުވެ، އެކްސްޗޭންޖް ރޭޓް ދެމެހެއްޓުމަށް ދަތިތަކެއް ކުރިމަތިވެފައިވާކަން ފާހަގަކޮށްފައިވެއެވެ.

ނަމަވެސް، ސަރުކާރުން މިހާރުވެސް ދަނީ މި ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ. މީގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމާއި، ގެއްލުންވާ ކުންފުނިތައް އުވާލުމުގެ މަސައްކަތް ހިމެނެއެވެ. މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވެފައިވަނީ ރިޒާވްގެ އަދަދު ލަފާކުރި މިންވަރަށްވުރެ ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާ އެއްގޮތަށް ގެންނަ އިޞްލާޙީ ބަދަލުތަކާއެކު ރާއްޖޭގެ އިޤްތިޞާދީ ހާލަތު އިތުރަށް ރަނގަޅުވާނެ ކަމަށް ލަފާކުރެވެއެވެ.

ރާއްޖޭގެ ރަސްމީ ރިޒާވް އަދި ބޭނުންކުރެވޭ ރިޒާވް ވަނީ އިތުރުވެފައެވެ. މިދިޔަ މަހު ޖުމްލަ ރިޒާވް 444 މިލިއަން ޑޮލަރަށް އަރާފައިވާއިރު، ސޮވަރިން ޑިވެލޮޕްމަންޓް ފަންޑްގެ ޔޫއެސް ޑޮލަރު ކަސްޓޯޑިއަން އެކައުންޓްގައި ހުރި އަދަދު 65 މިލިއަން ޑޮލަރަށް އިތުރުވެފައިވެއެވެ. މީގެ އިތުރުން، ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް ފޮރިން ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް އައު ފިސްކަލް ޕޮލިސީއެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

މޫޑީސްއަކީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ ތިން ކްރެޑިޓް ރޭޓިންގ އޭޖެންސީގެ ތެރެއިން އެކެކެވެ. މި ކުންފުނިން ޤައުމުތަކާއި ކުންފުނިތަކުގެ މާލީ ހާލަތު ދިރާސާކޮށް، އެފަރާތްތަކުގެ ދަރަނި އަދާކުރުމުގެ ޤާބިލުކަން ވަޒަންކުރުމަށްފަހު ކްރެޑިޓް ރޭޓިންގ ދެއެވެ. މި ރޭޓިންގތަކަކީ އިންވެސްޓަރުންނާއި މާލީ އިދާރާތަކުން އިންވެސްޓްމަންޓްތަކާ ގުޅޭ ނިންމުންތައް ނިންމުމުގައި ބަލާ މުހިންމު މިންގަނޑުތަކެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް