ބުޅާ މަސް ކައްކައި ވިއްކާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެމްޑީ އަރަފާތު ހޮސައިން: ---
ހަބަރު
11 Sep 2024 | 19:10
ބުޅާ މަހުން ކާތަކެތި ހެދިކަމަށް ތުހުމަތުވެގެން ހައްޔަރުކުރި އަރަފާތު ފުރުވާލަނީ

މަގުމަތިން ބުޅާ ހިފައި، އޭގެ މަސް ކައްކައި ވިއްކި ކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ 32 އަހަރުގެ އަރަފާތު ހުސައިން ފުރުވާލުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަމުންދާ ކަމަށް މިއަދު އެ އިދާރާއިން ހާމަކޮށްފިއެވެ.

މި މައްސަލަ އާންމުންގެ ސަމާލުކަމަށް ގެނެސްދިނީ ފީލައިން ވެލްފެއަރ އޯގަނައިޒޭޝަނުންނެވެ.

އެ ޖަމްޢިއްޔާއިން ބުނެފައިވަނީ އަރަފާތު މަސައްކަތްކުރަނީ ވަޅޯމަސް މާރުކޭޓުގައި ކަމަށެވެ. ފުލުހުން މިދިޔަ މަހުގެ 21 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް އިމިގްރޭޝަނާ ހަވާލުކުރިއެވެ. އިމިގްރޭޝަނުން މިހާރު ދަނީ އޭނާ ޑިޓެންޝަންގައި ބަހައްޓައިގެން ފުރުވާލުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ފުރުވާލެވޭނެ ވަކި ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

މި މައްސަލަ އާންމުވުމާ ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އޭނާ ކާބޯތަކެތި ވިއްކި ތަނާއި މުއްދަތު ފަދަ އިތުރު މަޢުލޫމާތު ހާމަކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވާލާފައިވެއެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅީ އެނިމަލް ވެލްފެއަރ މިނިސްޓްރީންނެވެ. އަދި ހޯމް މިނިސްޓްރީން ވެސް މި މައްސަލަ ގާތުން ބަލަމުންދާކަން އެނގެއެވެ.

އިމިގްރޭޝަނުން ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތުގެ ތެރެއިން، ނުސާފު ތަންތަނުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރޭގައި ހުތުރު ގޮތަކަށް ފޯ ހިއްކައި ވިއްކަމުންދިޔަ ބިދޭސީންތަކެއްވެސް ހިމެނެއެވެ.

ކޮމެންޓް
ނިޔާޒު
ރަނގަޅު
12 Sep 2024
ގުޅޭ ލިޔުންތައް
28 Jun 2026
ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ދެ ބިދޭސީން ހައްޔަރުކޮށްފި
ފުލުހުން ބުނީ، މި ޖޫން މަހުގެ 26 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ހިންގި އޮޕަރޭޝަންގައި، އެ މީހުން ހައްޔަރުކޮށް، އެ މީހުން ދިިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު 15 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.
28 Jun 2026
ހިންމަފުށީގައި ޑްރަގް ފަރުވާއަށް ބޮޑު ސެންޓަރެއް ހަދަނީ، 18 މަހުން ނިންމާނެ
ވަޒީރު ވިދާޅުވީ އަމާޒަކީ 18 މަސް ދުވަހުގެ ތެރޭގައި ހިންމަފުށީ ސެންޓަރުގެ މަސައްކަތް ނިންމާލުން ކަމަށެވެ.
28 Jun 2026
ގްރޫޕްގެ އެންމެ ފަހު މެޗުންވެސް އާޖެންޓީނާއަށް މޮޅެއް، މެސީ ރަންބޫޓާ ދިމާލަށް
އާޖެންޓީނާ ހިމެނޭ ގްރޫޕްގެ ނޮކްއައުޓްބުރަށް ދަތުރުކުރި އަނެއް ދެ ޓީމަކީ އޮސްޓްރިއާ އަދި އަލްޖީރިއާއެވެ.
28 Jun 2026
ވޯލްޑް ކަޕްގައި ޖެހިޖެހިގެން 7 މެޗުގައި ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑް މެސީއަށް
މި ގޯލާ އެކު މެސީ ވެފައިވަނީ ވޯލްޑް ކަޕްގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ގޯލް ޖެހި ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފައެވެ. އެއީ ޖެހިޖެހިގެން ހަތް މެޗެވެ. މީގެ ކުރިން މި ރެކޯޑު ހިފެހެއްޓީ ފްރާންސްގެ ޖަސްޓް ފޮންޓެއިން އާއި ބްރެޒިލްގެ ޖައިރްޒީނިއޯ އެވެ. އެއީ ޖެހިޖެހިގެން 6 މެޗުގައި ގޯލުޖަހައިގެންނެވެ.
28 Jun 2026
އަހަރުގެ މިހާތަނަށް ހިމަބިހީގެ 22 ކޭސް؛ ގިނައީ ދިވެހިން
މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުން ހިމަބިހީގެ ޖުމްލަ 22 ކޭސް ރިޕޯޓުކުރެވިފައިވާއިރު ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ގިނައީ ދިވެހިން ކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ. ބަލި ކޮންޓްރޯލުކުރުމަށް ޚާއްޞަ ވެކްސިން ޕްރޮގްރާމެއް މިއަދު ވަނީ ފަށާފައު
28 Jun 2026
އެސް-އޯ މޯލްޑިވްސްގެ މި އަހަރުގެ އެތުލެޓިކްސް މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލައިފި
ދެ ދުވަހުގެ މުއްދަތަކަށް ހުޅުމާލެ ސިންތެޓީކްސް ޓްރެކުގައި ކުރިއަށްދިޔަ މި މުބާރާތުގައި 29 އަންހެން ކުދިންނާއި 61 ފިރިހެން ކުދިން ހިމެނޭހެން ޖުމްލަ 90 ކުދިން ބައިވެރިވެފައިވެ އެވެ.
28 Jun 2026
ފަސް ކޮންޓޭނަރު މޫދަށް ވެއްޓުނު، ތިން ކޮންޓޭނަރު ނުފެނޭ
ފުލުހުން ބުނީ ބާޖުން ވެއްޓުނީ ފަސް ކޮންޓޭނަރު ކަމަށާ އޭގެ ތެރެއިން މިހާތަނަށް ދެ ކޮންޓޭނަރު ފެނިފައިވާ ކަމަށެވެ.
28 Jun 2026
ދުންފަތާ ދުރުވުމަށް ފަސްޓް ލޭޑީ ގޮވާލައްވައިފި
ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މުލަކުގައި ބޭއްވި ޖަލްސާގައި ފަސްޓް ލޭޑީ ދުންފަތާ ދުރުވުމަށް ގޮވާލައްވައި ޤައުމީ ކެމްޕެއިން ލޯގޯ އިފްތިތާޙުކުރައްވައިފި