ފާމަސީއެއް --
ހަބަރު
11 Sep 2024 | 19:55
އަގުބޮޑުކޮށް ޑޮކްޓަރީ ބޭސް ވިއްކުން ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅަނީ

ރާއްޖޭގައި ޑޮކްޓަރީ ބޭސް ވިއްކާ އަގުތައް އާދަޔާ ޚިލާފަށް މަތިވެފައިވާތީ، މި މައްސަލަ ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަންގަވައިފިއެވެ.

ރައީސް މުއިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަށް އެތެރެކުރާ ބޭސް ވިއްކަނީ 200 އިންސައްތައިން ފެށިގެން 2000 އިންސައްތައާ ދެމެދުގެ ފައިދާއެއް ނަގައިގެން ކަމަށެވެ. މި މައްސަލަ ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް އަންގަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ބަދަލު ގެނައުމުން ބޭހުގެ ބާޒާރު އަގާއި އާސަންދައިން ޗާޖުކުރާ އަގު ދަށްވެގެންދާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އަދި މި ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލާއި ތަފްސީލު އަވަހަށް އާންމުކޮށް އިޢުލާންކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ މި ބަދަލުގެ ސަބަބުން އާސަންދައިން އިސްރާފުވަމުންދާ ގިނަ އަދަދެއްގެ ފައިސާ ސަލާމަތްކުރެވި، ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެ ފައިސާ ބޭނުންކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ.

ރާއްޖޭގައި ޑޮކްޓަރީ ބޭހުގެ އަގާއި ހޮސްޕިޓަލްތަކުން ދޭ ޚިދުމަތްތަކުގެ އަގުބޮޑުކަމީ އާންމުން އަބަދުވެސް ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލައެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Jun 2026
ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ދެ ބިދޭސީން ހައްޔަރުކޮށްފި
ފުލުހުން ބުނީ، މި ޖޫން މަހުގެ 26 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ހިންގި އޮޕަރޭޝަންގައި، އެ މީހުން ހައްޔަރުކޮށް، އެ މީހުން ދިިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު 15 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.
28 Jun 2026
ހިންމަފުށީގައި ޑްރަގް ފަރުވާއަށް ބޮޑު ސެންޓަރެއް ހަދަނީ، 18 މަހުން ނިންމާނެ
ވަޒީރު ވިދާޅުވީ އަމާޒަކީ 18 މަސް ދުވަހުގެ ތެރޭގައި ހިންމަފުށީ ސެންޓަރުގެ މަސައްކަތް ނިންމާލުން ކަމަށެވެ.
28 Jun 2026
ގްރޫޕްގެ އެންމެ ފަހު މެޗުންވެސް އާޖެންޓީނާއަށް މޮޅެއް، މެސީ ރަންބޫޓާ ދިމާލަށް
އާޖެންޓީނާ ހިމެނޭ ގްރޫޕްގެ ނޮކްއައުޓްބުރަށް ދަތުރުކުރި އަނެއް ދެ ޓީމަކީ އޮސްޓްރިއާ އަދި އަލްޖީރިއާއެވެ.
28 Jun 2026
ވޯލްޑް ކަޕްގައި ޖެހިޖެހިގެން 7 މެޗުގައި ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑް މެސީއަށް
މި ގޯލާ އެކު މެސީ ވެފައިވަނީ ވޯލްޑް ކަޕްގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ގޯލް ޖެހި ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފައެވެ. އެއީ ޖެހިޖެހިގެން ހަތް މެޗެވެ. މީގެ ކުރިން މި ރެކޯޑު ހިފެހެއްޓީ ފްރާންސްގެ ޖަސްޓް ފޮންޓެއިން އާއި ބްރެޒިލްގެ ޖައިރްޒީނިއޯ އެވެ. އެއީ ޖެހިޖެހިގެން 6 މެޗުގައި ގޯލުޖަހައިގެންނެވެ.
28 Jun 2026
އަހަރުގެ މިހާތަނަށް ހިމަބިހީގެ 22 ކޭސް؛ ގިނައީ ދިވެހިން
މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުން ހިމަބިހީގެ ޖުމްލަ 22 ކޭސް ރިޕޯޓުކުރެވިފައިވާއިރު ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ގިނައީ ދިވެހިން ކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ. ބަލި ކޮންޓްރޯލުކުރުމަށް ޚާއްޞަ ވެކްސިން ޕްރޮގްރާމެއް މިއަދު ވަނީ ފަށާފައު
28 Jun 2026
އެސް-އޯ މޯލްޑިވްސްގެ މި އަހަރުގެ އެތުލެޓިކްސް މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލައިފި
ދެ ދުވަހުގެ މުއްދަތަކަށް ހުޅުމާލެ ސިންތެޓީކްސް ޓްރެކުގައި ކުރިއަށްދިޔަ މި މުބާރާތުގައި 29 އަންހެން ކުދިންނާއި 61 ފިރިހެން ކުދިން ހިމެނޭހެން ޖުމްލަ 90 ކުދިން ބައިވެރިވެފައިވެ އެވެ.
28 Jun 2026
ފަސް ކޮންޓޭނަރު މޫދަށް ވެއްޓުނު، ތިން ކޮންޓޭނަރު ނުފެނޭ
ފުލުހުން ބުނީ ބާޖުން ވެއްޓުނީ ފަސް ކޮންޓޭނަރު ކަމަށާ އޭގެ ތެރެއިން މިހާތަނަށް ދެ ކޮންޓޭނަރު ފެނިފައިވާ ކަމަށެވެ.
28 Jun 2026
ދުންފަތާ ދުރުވުމަށް ފަސްޓް ލޭޑީ ގޮވާލައްވައިފި
ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މުލަކުގައި ބޭއްވި ޖަލްސާގައި ފަސްޓް ލޭޑީ ދުންފަތާ ދުރުވުމަށް ގޮވާލައްވައި ޤައުމީ ކެމްޕެއިން ލޯގޯ އިފްތިތާޙުކުރައްވައިފި