Advertisement

ކުޅުދުއްފުށި ފަޅުން މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް މާލެ ގެންނަނީ

ކުޅުދުއްފުށި ސިޓީ ---

ކުޅުދުއްފުށި ފަޅުން މަރުވެފައި އޮއްވާ މިއަދު ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް މާލެ ގެންނަން ނިންމައިފިއެވެ. 

ކުޅުދުއްފުށި ސިޓީގެ ފަޅުތެރެއިން މަރުވެފައި އޮއްވާ ފެނުނު 36 އަހަރުގެ ފިރިހެނެއްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި މިރޭ މާލެ ގެންނަން ނިންމާފައިވާއިރު، ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި މަރުވެފައިވާ މީހާއަކީ ކުޅުދުއްފުށި ސިޓީގެ ޑެއިޒީފެހި، މުޙައްމަދު ޙަސަން އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މިއަދު ހާމަކުރައްވާފައިވާ ގޮތުގައި މަރުވެފައިވާ މީހާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެނެވުނީ މިއަދު ހެނދުނު 8:38 ގައެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ވަނީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.

Advertisement

މިއާއެކު، އިއްޔެ ނ. ހޮޅުދޫގައި ވެސް އަންހެނަކު މަރުވެފައި އޮއްވާ ފެނުނު މައްސަލައިގައިވެސް ޕޯސްޓްމޯޓަމް ހެދުމަށް ވަނީ ނިންމާފައެވެ. ހޮޅުދޫން މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާގެ ކަރުގައި ޒަޚަމްތަކެއް ހުރިކަން ފާހަގަކުރެވިފައިވާއިރު، މި ދެ މަރުގެ ހާދިސާ ތަޙްޤީޤުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ. 

މި ދެ ހާދިސާއިން ފެންނަނީ ފަހަކަށް އައިސް މަރުގެ ހާދިސާތައް ރާއްޖޭގައި ކައިރިކައިރީގައި އިތުރުވަމުންދާ މަންޒަރެވެ. 

Advertisement

ކޮމެންޓް

Advertisement

Advertisement