އެޗްއާރްސީއެމްގެ މެމްބަރުން، ހައުސިން މިނިސްޓަރު އަލީ ހައިދަރާ ބައްދަލުކުރަނީ --- ފޮޓޯ: އެޗްއާރްސީއެމް
ހަބަރު
12 Sep 2024 | 19:57
ގެދޮރުވެރިޔާ ފްލެޓްތަކުގެ މައްސަލާގައި އެޗްއާރްސީއެމް އިން ހައުސިން މިނިސްޓަރާ ބައްދަލުކޮށްފި

ގެދޮރުވެރިޔާ ފްލެޓްތަކުގެ މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދުއާ މިއަދު ބައްދަލުކޮށްފިއެވެ.

އެޗްއާރުސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގެދޮރުވެރިޔާ މަޝްރޫޢާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުން ބަލަމުންދާ މައްސަލައާ ގުޅޭގޮތުން މިއަދު ކޮމިޝަނުގެ މެންބަރުން މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދާ ބައްދަލުކޮށްފައިވާނެ ކަމަށެވެ. 

މި ބައްދަލުވުމުގައި ކޮމިޝަނުން ބަލަމުންދާ މައްސަލައަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގެ އިތުރުން، ހައުސިންގ މިނިސްޓްރީއިން ގެދޮރުވެރިޔާ މަޝްރޫޢާ ގުޅޭގޮތުން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ އަޕްޑޭޓް ވެސް ހޯދާފައިވާނެކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

އެޗްއާރުސީއެމްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި މި މައްސަލައަށް އަވަސް މުއްދަތެއްގެ ތެރޭގައި ޙައްލެއް ހޯދުމަށް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތު ދީފައިވާ ކަމަށެވެ.

ކޮމިޝަނުން ބަލަމުންދަނީ ސީދާ ކޮންމައްސަލައެއްކަން ބަޔާންކޮށްފައި ނުވިޔަސް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮމިޝަނުން ބަލަމުންދާ މައްސަލައަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭން ނިންމާފައިވާ 4،000 ފްލެޓްގެ މައްސަލައިގައި ހުށަހެޅިފައިވާ ޝަކުވާތަކެއްގެ މައްސަލައެވެ.

އެ ފްލެޓުތައް ހަދަނީ 17-18 ބުރީގެ 32 ޓަވަރުގައެވެ. ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހުންނައިރު، އޭގެ ތެރޭގައި ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ހިމެނެއެވެ. މި މަޝްރޫއު ހިންގަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދިން 227 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ)ގެ ލޯނު އެހީގައެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން ބުނީ ގިނަ އަދަދެއްގެ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި މި މައްސަލައަށް އަވަސް ޙައްލެއް ލިބިގެންދާނެ ކަމަށް އެކޮމިޝަނުން އުންމީދުކުރާ ކަމުގައެވެ.

މި ބައްދަލުވުން ބޭއްވުނީ މިއަދު ހައުސިންގ މިނިސްޓްރީގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.