މީރާ --
ހަބަރު
12 Sep 2024 | 21:26
ޑޮލަރުން އާމްދަނީ ހޯދާ ވިޔަފާރިތަކުން ޓެކްސް ޑޮލަރުން ދެއްކުމަށް ގަވާއިދު ބަދަލުކޮށްފި

ޑޮލަރުން އާމްދަނީ ހޯދާ ވިޔަފާރިތަކުން ޓެކްސް ޑޮލަރުން ދެއްކުމަށް ގަވާއިދު ބަދަލުކޮށްފިއެވެ.

މީރާއިން މިއަދު އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދަށް މުހިންމު އިސްލާހެއް ގެނެސްފައިވާއިރު، މި އިސްލާހުގެ ދަށުން، ރުފިޔާ ނޫން އެހެން ފައިސާއަކުން ވިޔަފާރި ކުރާ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭނީ ޑޮލަރުންނެވެ. މީގެ އިތުރުން، އަންނަ މަހުގެ 31 ވަނަ ދުވަހުން ފެށިގެން މިފަދަ ކުންފުނިތަކުން މާލީ ބަޔާންތައް ތައްޔާރުކުރަންޖެހޭނީ ވެސް ޑޮލަރުންނެވެ.

އެހެންނަމަވެސް، ރުފިޔާއިން މާލީ ބަޔާން ތައްޔާރުކުރާ ކުންފުނިތަކަށް އާމްދަނީ ޓެކްސް ދެއްކުމުގައި ޑޮލަރު ނުވަތަ ރުފިޔާ ބޭނުންކުރުމުގެ އިޚްތިޔާރު ލިބިގެންދާނެއެވެ. ގަވާއިދުގެ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން، ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތްހޯލްޑިން ޓެކްސް، މުވައްޒަފުންގެ ވިތްހޯލްޑިން ޓެކްސް، އަދި ކެޕިޓަލް ގެއިންސް ވިތްހޯލްޑިން ޓެކްސް ވެސް ދެއްކޭނީ ޑޮލަރުން ނުވަތަ ރުފިޔާއިންނެވެ.

މި ބަދަލު ގެނައުމުގެ މަޤްޞަދަކީ، ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ރުފިޔާއިން ދެއްކުމަށްޓަކައި ބްލެކް މާކެޓުން ފައިސާ މާރުކުރުމުގެ މައްސަލައަށް ހައްލެއް ހޯދުމެވެ.

ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވި ގޮތުގައި މިއީ އާންމުކޮށް ލިބެމުންދާ ޝަކުވާއެކެވެ.

ރާއްޖޭގެ އިޤްތިޞާދީ ހާލަތަށް ބަލާއިރު، ދަރަނި އިތުރުވެ، ބޭރު ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، މި އިސްލާހަކީ ދައުލަތަށް ޑޮލަރު ލިބުން އިތުރުކޮށް، ކަޅުބާޒާރުގައި ޑޮލަރުގެ އަގު މައްޗަށް ދިއުން ހުއްޓުވުމަށް އެޅޭ ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.