ސިއްހީ ވުޒާރާ --
ހަބަރު
12 Sep 2024 | 22:19
ރަޖިސްޓަރ ނުކޮށް ސިއްހީ ހިދުމަތް ދޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަނީ

ރަޖިސްޓްރީނުކޮށް އަދި ލައިސަންސް ނެތި ސިއްހީ ހިދުމަތް ދޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފިއެވެ.

މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ރާއްޖޭގައި އެއްވެސް ބާވަތެއްގެ ސިއްހީ ހިދުމަތެއް ދޭންވާނީ، ސިއްހީ ހިދުމަތްދޭ ތަންތަން ހިންގުމާ ބެހޭ ގަވާއިދުގެ ދަށުން މިނިސްޓްރީގައި ރަޖިސްޓްރީކޮށް ލައިސަންސް ހޯދުމަށް ފަހުގައި ކަމަށެވެ.

މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި، މިހާރަކަށް އައިސް ގާނޫނާ ހިލާފަށް އޯލްޓަނޭޓިވް ބޭސްފަރުވާގެ ހިދުމަތް ދެމުންދާ ކަމަށާއި، ހާއްސަކޮށް ދިވެހި ބޭހާއި ހިޖާމާގެ ހިދުމަތް މިގޮތަށް ދެމުންދާކަން ފާހަގަކުރެވިފައިވެއެވެ.

ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ 20 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރަޖިސްޓްރީނުކޮށް އަދި ލައިސަންސް ނެތި އެއްވެސް ބާވަތެއްގެ ސިއްހީ ހިދުމަތެއް ދިވެހިރާއްޖޭގައި ދިނުމަކީ ކުށެއްކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އެހެންކަމުން، އެފަދަ ފަރާތްތަކާ ދޭތެރޭ ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މިނިސްޓްރީން ދީފައިވެއެވެ.

މިކަމާ ގުޅިގެން، ދާދިފަހުން "ފަޒީސް ހިޖާމާ" ގެ ނަމުގައި ހުއްދަނެތި ހިންގަމުންދިޔަ ތަނެއްގެ މައްސަލަ ވެސް ފެންމަތިވެފައިވެއެވެ. މި މައްސަލައާ ގުޅިގެން، އެތަން ހިންގާ ފަޒީލާ އުސްމާނަށް، ލިޔުންތައް ފުރިހަމަކޮށް ކަމާގުޅޭ ހުއްދަތައް ނެގުމަށް ހެލްތު މިނިސްޓްރީން މުއްދަތެއް ދީފައިވާކަން ފާހަގަކުރެވެއެވެ.

މި ފިޔަވަޅުތަކުގެ މަޤްސަދަކީ ރާއްޖޭގައި ދެވޭ ސިއްހީ ހިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމާއި، ރައްޔިތުންނަށް ރައްކާތެރި އަދި އިތުބާރުހުރި ސިއްހީ ހިދުމަތްތަކެއް ކަށަވަރުކޮށްދިނުން ކަމަށް ބެލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.