ތޫފާން ޔާގީގެ ސަބަބުން ފެންބޮޑުވެފައި
ދުނިޔެ
14 Sep 2024 | 10:13
ތޫފާން ޔާގީ ސަބަބުން ވިއެޓްނާމުގައި މަރުވި މީހުންގެ އަދަދު 233 އަށް އަރައިފި

ތޫފާން ޔާގީއާ ގުޅިގެން ވިއެޓްނާމްގައި މަރުވި މީހުންގެ އަދަދު 233 އަށް އަރާފައިވާކަމަށް، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާ އެޤައުމުގެ އޮފިޝަލުން ހާމަކޮށްފިއެވެ.

ތޫފާން ޔާގީ ގެ ސަބަބުން މިދިޔަ ހޮނިހިރު ދުވަހު ، ބޯކޮށް ވާރޭވެހި، ވިއެޓްނާމްގެ ފަރުބަދަމަތީގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އެތައަބައެއް މަރުވެފައި ވާއިރު އެތައް ބަޔަކު ވަނީ ވީއެއް ނުވީއެއް ނޭނގި ގެއްލިފައެވެ.ވިއެޓްނާމްގެ އެކި ސަރަހައްދުތަކުން 103 މީހުން ގެއްލިފައިވާއިރު 800 އަށްވުރެ ގިނަ މީހުން ވަނީ އެކިވަރުގެ އަނިޔާތައް ވެފައެވެ.

ތޫފާން ޔަގީއާގެ ސަބަބުން 130،000 އަށްވުރެ ގިނަ މީހުން ސަލާމަތްކުރެވިފައިވާއިރު، 135،000 އަށްވުރެ ގިނަ ގެއަށް ގެއްލުން ލިބިފައިވެއެވެ. 

ތޫފާން ޔާގީގެ ސަބަބުން ދަނޑުވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ވިއެޓްނާމުގެ އޮފިޝަލުން ބުނެއެވެ. މިގޮތުން 200،000 ހެކްޓަރަށްވުރެ ގިނަ ހަނޑޫ ދަނޑުތަކާއި، 40،000 ހެކްޓަރާ ގާތްކުރާ އެހެނިހެން ދަނޑުތަކުގައި ފެންބޮޑުވެފައިވެއެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ޖަނަވާރާއި، ދޫންޏާއި އެހެނިހެން ދިރޭ ތަކެތި ވަނީ މަރުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Jun 2026
ދިވެހި ހާޖިންގެ ފުރަތަމަ ގުރޫޕް ރާއްޖެ އަތުވެއްޖެ
ދިވެހި ހައްޖުވެރީން މާލެ އަންނާނީ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ޙައްޖުވެރީންގެ ދެވަނަ ގުރޫޕް އަންނާނީ އަންނަ އާދިއްތަ ދުވަހު އެވެ. އަދި ހޯމަ ދުވަހާއި އަންގާރަ ދުވަހުވެސް އަންނާނެ އެވެ.
05 Jun 2026
ކުރީގެ އަނބިމީހާ ވިއްކާލާނެ ކަަމަށް ބުނެ އިންޒާރުދިން މައްސަލައެއް: ތުހުމަތުގައި ބުރަދަނެއް ނެތް
ފުލުހުންނަށް ހުށަހެޅުނު މި މައްސަލާގައި ޖިންސީ ގޯނާގެ އެއްވެސް ތުހުމަތެއް ހިމެނިފައެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.
05 Jun 2026
ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި
މީކާއީލް އިންތިހާބު ކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް ބުންޏެވެ.
05 Jun 2026
އައްޑޫ ސިޓީގެ ހުރިހާ އުމްރާނީ ތަރައްޤީއަކީ އެމްޑީޕީގެ އެއްޗެއް: ނަޝީދު
އައްޑޫގެ އުމްރާނީ ހުރިހާ ތަރައްގީއަކީ އެމްޑީޕީގެ އެއްޗެއް ކަމަށާ، އިތުރު އެއްވެސް ސަރުކާރަކުން އައްޑޫގެ ތަރައްގީއަށް ކަމެއް ކޮށްދީފައި ނުވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
05 Jun 2026
އަނބިމީހާ ކޮޓަރިއެެއްގައި ބަންދުކޮށް، ހަށިވިއްކުވި މައްސަލައެއް
އަނބިމީހާ ކޮޓަރިއެއްގައި ބަންދުކޮށްގެން ގެންގުޅެ، އޭނާ ލައްވައި ހަށިވިއްކުވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝް ފިރިހެނަކު 10 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
05 Jun 2026
ވ. ތިނަދޫ ރައީސްގެ ގޮނޑިއާމެދު ސުވާލު: ކައުންސިލް ހިންގުން ނާއިބަށް
އެ އޮތޯރިޓީގެ ބޯޑުން ގޮތެއް ނިންމައި ވަކި ގޮތެއް އަންގަންދެން ކައުންސިލްގެ ރައީސް ޝުޖާއު މަގާމުގެ މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާވުަށާއި ކައުންސިލް އިދާރާއަށް ނުނިކުތުމަށް އަންގާފައިވެ އެވެ.
05 Jun 2026
މިއަހަރު ރައީސް މުޢިއްޒު އިސްތިއުފާދެއްވަން ޖެހޭނެ: ޞާލިޙް
މިއަހަރު ނިމުމުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށާ، މަޖިލީހުގެ ތެރެއިން އެމަނިކުފާނު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
05 Jun 2026
ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް މަނާކުރުމަކީ އެންމެންގެ ޒިންމާއެއް
ކުޅަދާނަވީ މިންވަރަކުން ހެޔޮކަންތައްތަކަށް އަމުރުކުރުމާއި ނުބައިކަންތައްތައް ނަހީކުރުމަކީ މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ އިޖުތިމާޢީ އަދި ދީނީ ޒިންމާއެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.