ހައްޖު ކޯޕަރޭޝަނުގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ތެރެއިން... ފޮޓޯ/ ހައްޖު ކޯޕަރޭޝަން
ހަބަރު
14 Sep 2024 | 14:55
ހައްޖު ކޯޕަރޭޝަނަކީ ބަޔަކަށް ބަރޯސާވާންޖެހޭ ކުންފުންޏެއްނޫން: ޝަކީލް

ހައްޖު ކޯޕަރޭޝަނަކީ ބަޔަކަށް ބަރޯސާވާންޖެހޭ ކުންފުންޏެއްނޫން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ހައްޖު ކޯޕަރޭޝަނުގެ އައު އިމާރާތުގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކޯޕަރޭޝަންގެ އެމްޑީ ޝަކީލް ވިދާޅުވީ ހައްޖު ކޯޕަރޭޝަނަކީ، ކުޑަ ކުންފުންޏެއް ނޫންކަމަށާއި، އެ ކުންފުންޏަކީ އަމިއްލަ ފައިމައްޗަށް ތެދުވެ އާމްދަނީ ހޯދޭވަރުގެ ކުންފުންޏެއް ކަމަށެވެ

ވޭތުވެ ދިޔަ 11 ވަރަކަށް އަހަރު ތެރޭ ހައްޖު ކޯޕަރޭޝަން ހިންގަމުން އައިސްފައިވަނީ ސަރުކާރަށް ވަރަށް ބޮޑަށް ބަރޯސާ ވެގެންކަމަށާއި، ވޭތުވެދިޔަ އަހަރުތަކުގައި އެ ކުންފުނި ހިންގަމުންގޮސްފައިވަނީ އެންމެ ރަނގަޅަށް ނޫންކަމަށެވެ.

ޝަކީލް ވިދާޅުވީ ހައްޖު ކޯޕަރޭޝަނަކީ ސަރުކާރަށް ބަރޯސާ ނުވެ ހިންގޭ ވަރުގެ ތަނަކަށް ހެއްދެވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމެއް ކަމަށާއި، މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައީސް ވިދާޅުވިމަގުން ކަންކަން ކުރުމަށް ކަމަށެވެ.

އިރާދަ ކުރެއްވިއްޔާ މިއީ އެ މަސައްކަތުގެ ފެށުން. ކުރިއަށް މި އޮތް މަދު ދުވަސްތަކުގެ ތެރޭގައި ވަރަށް ގިނަ ބޮޑެތި ޕްރޮޖެކްޓްތަކެއް ތިޔަބޭފުޅުންނަށް ފެނިގެންދާނެ ހައްޖު ކޯޕަރޭޝަނުން ރާވާފައި ހުރި މަސައްކަތްތަކުގެ ތެރެއިން.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް 

ޝަކީލް ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން ހުޅުމާލޭގައި ލަގްޒަރީ ރެޑިޒެންޝިއަލް އިމާރާތެއް ތަރައްޤީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނޭ ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ތެރެއިން... ފޮޓޯ/ ހައްޖު ކޯޕަރޭޝަން

ހައްޖު ކޯޕަރޭޝަނުން ހައްޖަށް ދިއުމުގެ އިންތިޒާމް ހަމަޖައްސައިދިނުމުގެ އިތުރުން އެކުންފުނިން އަންނަނީ އުމްރާގެ ހިދުމަތްތައްވެސް ފޯރުކޮށްދެމުންނެވެ. ޝަކީލް ވިދާޅުވީ ހައްޖާއި އުމްރާގެ ޚިދުމަތްތަކަކީ ރައްޔިތުން ބަލައިގަންނަ ޚިދުމަތްތަކަކަށް ވުމަކީ ރައީސްގެ އެދިވަޑައިގަތުމެއް ކަމަށާއި، ކުންފުނީގެ އެންމެހާ ޚިދުމަތްތަކެއް އެ މަގުން ކުރިއަށް ދާނެ ކަމުގެ ޔަގީން ކަން ދިވެހި ރައްޔިތުންނަށް ދެއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހައްޖު ކޯޕަރޭޝަނުގެ އައު އިމާރާތުގެ ބިންގާ މިއަދު އަޅާފައިވާއިރު، މިއީ 9 ފަންގިފިލާ ހިމެނޭ އިމާރާތެކެވެ. މި އިމާރާތް އަޅަނީ 5،000 އަކަފޫޓުގެ ބިމެއްގައެވެ. ހުޅުމާލޭ އަމިން އެވެނިއު ކުރިމަތިން އޮންނަ ހުސްބިމުގައި އެ އިމާރާތް އެޅުމަށް 79 މިލިއަން ރުފިޔާ ހޭދަވާނޭކަމަށް ހައްޖު ކޯޕަރޭޝަނުން ލަފާކުރެއެވެ. ހައްޖު ކޯޕަރޭޝަނުން ވިސްނާފައި އޮތީ އެ އިމާރާތުގެ ފަންގިފިލާތައް ކުއްޔަށްދީގެން އާމްދަނީ ހޯދާށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.