މަކުނުވިދުރި
ދުނިޔެ
14 Sep 2024 | 15:35
މޮރޮކޯއިންވެސް މަކުނުވިދުރި ފެނިއްޖެ

ދެކުނު އެފްރިކާގެ ޤައުމުތަކުގައި ހަލުވި ސްޕީޑެއްގައި ފެތުރެމުން އަންނަ މަކުނުވިދުރި، އެންމެފަހުން މޮރޮކޯއިންވެސް ފެނިއްޖެއެވެ.

އުތުރު އެފްރިކާއަށް ނިސްބަތްވާ މޮރޮކޯގެ ހެލްތް މިނިސްޓްރީން ވަނީ، އެޤައުމުގެ މީހަކު މަކުނު ވިދުރިއަށް ފައްސިވެފައިވާކަމަށް ބުނެފައެވެ. މިއީ މިހާރު ފެތުރެމުން އަންނަ މަކުނުވިދުރީގެ ކޭހެއް އުތުރު އެފްރިކާގެ ޤައުމަކުން ފެނުނު ފުރަތަމަ ފަހަރެވެ.

އެފްރިކާ ބައްރުގެ 15 ޤައުމަކުން މިހާތަނަށް މަކުނުވިދުރީގެ ކޭސްތައް ފެނިފައިވާއިރު މަކުނުވިދުރީގެ 21300 ކޭސް ފެނިފައިވާކަމަށާއި 620 މީހަކު މި ބަލީގައި މަރުވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މި ހާތަނަށް ބުރުންޑީ، ކެމަރޫން، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، ގާނާ، އައިވަރީ ކޯސްޓް، ކެންޔާ، ލައިބީރިއާ، މޮޒަމްބިކް، ނައިޖީރިއާ، ޕާކިސްތާން، ފިލިޕީންސް، ރިޕަބްލިކް އޮފް ކޮންގޯ، ރުވާންޑާ، ސައުތު އެފްރިކާ، ސްވިޑަން، ތައިލެންޑް  ޔުގެންޑާ އަދި މޮރޮކޯ އިންވަނީ މަކުނު ވިދުރި ފެނިފައެވެ.

އެމްޕޮކްސް ފެތުރެމުންދާއިރު، 1ބީ ގެ ކޭސްތަކާ މެދު ކަންބޮޑުވުން ތައް އިތުރުވަމިންދާކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ ޑަބްލިއު އެޗްއޯއިން ވަނީ ބުނެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ މި ވައިރަހަކީ ބައިނަލްއަގުވާމީ ގޮތުން ކަންބޮޑުވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ކަނޑައަޅާފައެވެ. ނަމަވެސް އެމްޕޮކްސް އަކީ "އާ ކޮވިޑް ނޫން" ކަމަށްވެސް ވަނީ ބުނެފައެވެ.މިއީ ފާއިތުވި ދެ އަހަރުގެ ތެރޭގައި ދުނިޔޭގެ ސިއްހަތާ ބެހޭ އިދާރާއިން އެމްޕޮކްސްއާ ގުޅިގެން އިމަޖެންސީ އެލާޓް ނެރުނު ދެވަނަ ފަހަރެވެ.

ވައިރަހަކުން ޖެހޭ މި ބަލި ޖެހުމުން، ފްލޫ ފަދަ އަލާމާތްތައް ފެނުމާއި އެކު ގައިގައި ފޮޅުތަކެއް ނަގައެވެ. މި ބަލީގެ ސަބަބުން ބައެއް ފަހަރު ފުރާނައަށް ނުރައްކާތެރިވާއިރު، ކުޑަކުދިންނާއި، މާބަނޑު އަންހެނުންނާއި، އެޗްއައިވީ ފަދަ ބަލިތަކުގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ނިޒާމު ބަލިކަށިވެފައިވާ މީހުންނަށް މި ބަލީގެ ނުރައްކާ ބޮޑެވެ.

އެފްރިކާ ބައްރުގައި މަކުނުވިދުރި ފެތުރެމުން އަންނައިރު މި ބަލި ރާއްޖެ އަތުވެދާނެ ހާލަތަކަށް ތައްޔާރުވަމުން އަންނަކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.