އިންޓަސެޕްޓަރ ރޮކެޓެއްގެ ބައެއް މޯޑީންގެ ރޭލް ސްޓޭޝަނަކަށް ވެއްޓިފައި:ފޮޓޯ/ އިސްރާއީލު ފުލުހުންގެ ތަރުޖަމާނު
ދުނިޔެ
15 Sep 2024 | 11:19
ޔަމަނުން ފަލަސްތީނުގެ ބިމުގައި ތިބި އިސްރާއީލް ޖަމާއަތަށް ހަމަލާއެއް ދީފި

ޔަމަނުން އިސްރާއީލުގެ ވެރިރަށް، ތެލްއަވީވްއަށް މިސައިލް ހަމަލާއެއް ދީފައިވާކަމަށް އެގައުމިގެ މީޑިއާތަކުން ބުނެފިއެވެ.

އިސްރާއީލުގެ  އަސްކަރިއްޔާއިން ބުނީ ޔަމަނުން އިސްރާއީލުގެ ވެރިރަށް، ތެލްއަވީވްއަށް މިސައިލް ހަމަލާއެއް ފޮނުވާލާފައިވާ ކަމަށެވެ.

އެގޮތުން ހިފާފައިވާ ފަލަސްތީނުގެ ސިތީތަކުގެ ތެރެއިން ރިޝޯން ލެޒިއޯން، ރަމަތު ގަން، ހޮލޯން، ނުވަތަ ޔެހުދާ، ކިރިޔާތު އޮނޯ، އެލާޑް، ރެހޯވޯޓް، ސެވިއަން، ޝޯހަމް، ލޯޑް، މޯޑިން-މެކަބިމް-ރިއުޓް، ނެސް ޒިއޯނާ، ރަމްލާ، ބީރް ޔާކޮވް އަދި ޔެހުދު-މޮނޮސަން ފަދަ ސިޓީތަކުން ސައިރަންގެ އަޑު އިބެފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި މިސައިލް ހަމަލާ ހުއްޓުވުމަށް "ހަޓްޒް" އާއި "ޑޭވިޑްސް ސްލިންގް" ސިސްޓަމްތަކުގެ 20 އަށް ވުރެ ގިނަ ވައިގެ ދިފާއީ މިސައިލް ފޮނުވާފައި ވެއެވެ. ނަމަވެސް އެެ މިސައިލް ހުއްޓުވިފައެއް ނުވެއެވެ.

ޔަމަނުގެ މިއަދު ދިން ހަމަަލާގެ ސަބަބުން މިއަދު ހެނދުނު 2،365،000 މީހުން ހިޔާތަކަށް ވަފެފައިވާކަމަށް އިސްރާއީލުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

މި ހަމަލާހަގައި ސލާމަތީ ސަރަހައްދުތަކަށް ދާން މަސައްކަތް ކުރި 9 މީހަކަށް އަނިޔާވި ކަަަމަށްވެސް އަސްކަރިއްޔާއިން ބުނެފައި ވެއެވެ.

ކަން ޗެނަލުން ބުނީ ޔަމަނުގެ މިސައިލް ވެއްޓުނީ ބެން ގުރިއަން އެއާޕޯޓުން ހަ ކިލޯމީޓަރު ދުރަށެވެ. މިސައިލް ބެއްޓިފައިވަނީ  އިސްރާލުގެ މޯޑީން ސިޓީހެ ޓްރެއިން ސްޓޭޝަނަނަކަށްށެވެ.

ޔަމަނުގެ ސިފައިން މިޔަދު ބުމެފައިވަނީ މިއީ ޣައްޒާގައި ހިނގަމުނަދާ ޖަރީމާތަކާ ގުޅިގެން ދޭނޭ ހަމަލާތަކުގެ ސަބަބުން އަންނަން އޮށް އެއަށްވުރެ ބޮޑު ކަންކަމަށް ދޭ އިޝާރާތެއް ކަމަށްށެވެ.

ލަފާ ކުރެވޭގޮތުގައި ޔަމަނުން މި ހަމަލާ ދިނުމަށް ބޭނުން ކުރީ ހަޓެމް-2 ހައިޕާސޮނިކް މިސައިކަލެވެ. މީގެ ކުރިން އަރަބި ކަނޑުގައި އެމްއެސްސީ އަރަވް ވީ އަށް ހަަމަލާ ދިނުމަށް އެ މީހުން މި މިސައިލް ބޭނުން ކޮށްފައި ވެއެވެ.

ނަމަވެސް މިއަދު ޔަމަނުގެ ސިފައިންގެ އިސްވެރިޔާ ދެއްވި ތަގުރީރުގައި ބޭނުންކުރީ ކޮން މިސައިލެއްކަމެއް ބުނެފައެއްނުބެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.