ރީޖަނަލް ކޮންފަރެންސް އޮން ޕޮޕިއުލޭޝަން އޭޖިންގައި ޑރ. އައިޝަތު ޝިހާމް ބައިވެރިވެވަޑައިގަތުން --- ފޮޓޯ: މިނިސްޓްރީ
ހަބަރު
15 Sep 2024 | 21:48
ޔޫއެންއެފްޕީއޭއާއެކު ގާތް ގުޅުމެއް ބަދަހިކުރުމަށް ރާއްޖެއިން މަޝްވަރާކޮށްފި

ޔޫއެންއެފްޕީއޭއާއެކު ގާތް ގުޅުމެއް ބަދަހިކުރުމަށް ރާއްޖެއިން މަޝްވަރާކޮށްފިއެވެ. 

އިންޑޮނޭޝިޔާގެ ބާލީގައި މި މަހު 11 އިން 13 އަށް ބޭއްވުނު "ރީޖަނަލް ކޮންފަރެންސް އޮން ޕޮޕިއުލޭޝަން އޭޖިން" ގައި ބައިވެރިވެވަޑައިގެން، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޑރ. ޢައިޝަތު ޝިހާމް ވަނީ ޔޫއެންއެފްޕީއޭއާއެކު ގާތް ގުޅުމެއް ބަދަހިކުރުމަށް މަޝްވަރާކުރައްވާފައެވެ.

400 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވި މި ކޮންފަރެންސްގައި މިނިސްޓަރ ޑރ. ޢައިޝަތު ޝިހާމް ވަނީ ޔޫއެންއެފްޕީއޭގެ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، ރާއްޖޭގެ އާބާދީގެ ބަދަލުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން، މިނިސްޓަރ ވަނީ ޔޫއެންއެފްޕީއޭގެ އޭޝިޔާ ޕެސިފިކް ސަރަހައްދުގެ ޑިރެކްޓަރާ ބައްދަލުކުރައްވާފައެވެ.

ކޮންފަރެންސްގެ ތެރޭގައި މިނިސްޓަރ ޑރ. ޢައިޝަތު ޝިހާމް ވަނީ އެސްކޭޕްގެ ސެކެޓްރީއާވެސް ބައްދަލުކުރައްވައި، ދެ ފަރާތުން ގުޅިގެން ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރައްވާފައެވެ. އަދި މި ދަތުރުފުޅުގައި މިނިސްޓަރ ވަނީ އިންޑޮނޭޝިޔާގައި ހުންނަ އިސްރަށްވެހިންގެ ކެއަރ ސެންޓަރަކަށްވެސް ޒިޔާރަތްކުރައްވާފައެވެ.

މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމާއި، އެކި ފަރާތްތަކާ ބައްދަލުކުރެއްވުމުގެ ސަބަބުން، ރާއްޖެއާއި ޔޫއެންއެފްޕީއޭއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، އާބާދީއާ ގުޅުންހުރި ދާއިރާތަކުގައި އިތުރު އެހީތެރިކަން ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.