އެންޑީއޭ-- ފޮޓޯ: އެންޑީއޭ
ހަބަރު
16 Sep 2024 | 13:00
ފާއިތުވެދިޔަ 6 މަސް ތެރޭގައި ރިހެބުން 400 އަށްވުރެ ގިނަ މީހުނަށް ފަރުވާ ދީފައިވޭ: އެންޑީއޭ

ފާއިތުވެ ދިޔަ 6 މަސްދުވަހުގެ ތެރޭގައި މަސްތުވާތަކެތިން ސަލާމަތްވުމަށް ޑުރަގް ރިހެބިލިޓޭޝަން ފަރުވާ 400 އަށްވުރެ ގިނަ މީހުންނަށް ފޯރުކޮށްދީފައިވާކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ހާމަކޮށްފިއެވެ.

އެންޑިއޭއިން ބުނީ، ރިހެބިލިޓޭޝަން ފަރުވާ ދިނުމަށް ވެއިޓިންގެ ލިސްޓުގައި 700 ވުރެ ގިނަ މީހުން ތިބިކަމަށާއި، އެ ފަރާތްތައް ފަރުވާއަށް ވެއްދުމުގެ ގޮތުން "އޮޕަރޭޝަން ފަނާރު"ގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް މިދިޔަ އަހަރު ޑިސެމްބަރުގައި ފަށާފައިވާކަމަށެވެ.

އެގޮތުން މި އޮޕަރޭޝަނުގެ ދަށުން ފާއިތުވެދިޔަ 6 މަސް ދުވަހުގެ ތެރޭގައި 446 ވުރެ ގިނަ މީހުން ރިހެބިލިޓޭޝަން ފުރިހަމަކޮށްފައިވާ ކަމަށާއި، އެކި ސަބަބުތަކާއި ހުރެ އަދި ފަރުވާ ނުފެެށޭ 254 މީހުން ތިބިކަމަށް އެންޑީއޭއިން ބުނެއެވެ.

އެންޑީއޭއިން އިތުރަށް ބުނީ، މި ފަރުވާ މުޅި ރާއްޖެއަށް ފުޅާކުރުމުގެ ވިސްނުމުގައި، ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން އެންޑް ރިއިންޓަރގްރޭޝަން އެޕްރޯޗަކަށް ބަދަލުކޮށްފައިވާކަމަށާއި، ކޮމިޔުނިޓީ ފަރުވާއަށް އަމުރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ކަރެކްޝަންގެ ބަންދުގައި ތިބި ފަރާތްތަށް ބަންދުގައި ބައިތިއްބައިގެން ފަރުވާ ކުރިއަށް ގެންދިއުމަށް މަޝްވަރާ ކުރަމުންދާކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި މިހާރު އެންމެ ކަންބޮޑުވާ އެއް މައްސަލައެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ސަރުކާރުން ވަރަށް ފަހުން ވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންށް ފަރުވާދިނުމަށް ބޭނުންވާ ސެންޓަރުތައް ހިންގުމަށް އަމިއްލަ ފަރާތްތަކަށް ހުޅުވާލާފައެވެ

ކޮމެންޓް
Shifan
ބަންދުގައި ތިބި ބަޔަކަށް ބަންދުގައި ފަރުވާ ދިނުމުގެ ވިސްނުމެއް ހުރުމުން އެގިގެންމިދިއައީ ޑްރަގް ރިހިބިލޭޓް ފަރުވާ ދިނުމުގެ ބޭނުންވެސް ނޭގުން.. ވާނުވާއެއްނޭގޭ ބަޔަކު ކޮސްތަޅުވަން ތިބޭ
16 Sep 2024
ގުޅޭ ލިޔުންތައް
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.