ފަޅުބޮޑު ފަޅުރަށެއް ---
ހަބަރު
16 Sep 2024 | 23:01
ރިސޯޓު ތަރައްޤީކުރުމަށް ހުޅުވާލި ރަށްތަކުގެ ލިސްޓަށް ބަދަލު ގެނެސްފި

ރިސޯޓު ތަރައްޤީކުރުމަށް ބީލަމަށް ހުޅުވާލި ރަށްތަކާއި ފަޅުތަކުގެ ލިސްޓަށް ބަދަލު ގެނެސްފިއެވެ.

ރިސޯޓު ތަރައްޤީކުރުމަށް ބީލަމަށް ހުޅުވާލި ފަޅުތަކާއި ރަށްތަކުގެ ލިސްޓަށް ޓޫރިޒަމް މިނިސްޓްރީން ބަދަލު ގެނެސްފައިވާއިރު، މެއި މަހު ބީލަމަށް ހުށަހެޅި 17 ތަނުގެ ތެރެއިން 3 ރަށެއް އުނިކޮށް، އިތުރު 7 ފަޅެއް ލިސްޓަށް އިތުރުކޮށްފައިވެއެވެ.

ލިސްޓުން އުނިކޮށްފައިވާ ތަންތަނަކީ ޅ. ދިއްފުށި، ތ. ކަނިމީދޫ އަދި ގދ. ކަޅެހުއްޓާއެވެ. އަދި އަލަށް ލިސްޓަށް އިތުރުކޮށްފައިވަނީ:

ބ. އަތޮޅުގެ ފަޅެއް - 0.60 ހެކްޓަރު

ކ. އަތޮޅުގެ ފަޅެއް - 0.20 ހެކްޓަރު

ކ. އަތޮޅުގެ ފަޅެއް - 82 ހެކްޓަރު

ކ. އަތޮޅުގެ ފަޅެއް - 47 ހެކްޓަރު

ވ. އަތޮޅުގެ ފަޅެއް - 0.14 ހެކްޓަރު

އދ. އަތޮޅުގެ ފަޅެއް - 0.35 ހެކްޓަރު

ގދ. ރާވެރިންކޮޅިހުއްޓާ - 0.77 ހެކްޓަރު

މިނިސްޓްރީން އަންގާފައިވާ ގޮތުގައި ފަޅުތަކަށް ޕްރޮޕޯސަލް ހުށަހަޅާއިރު ވަކި ސަރަހައްދެއް ކުއްޔަށް ނަގާނަމަ އެ މަޢުލޫމާތު ހިމަނަންވާނެއެވެ. އަދި އެކުއިޒިޝަން ކޮސްޓަކީ ލީސްހޯލްޑު ޙައްޤުތައް ލިބިގަތުމަށް ކަނޑައަޅާ ފީއެއްކަން ވެސް ފާހަގަކޮށްފައިވެއެވެ.

ސަރުކާރުގެ އެއް އަމާޒަކީ ފަތުރުވެރިކަން ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާކުރުމެވެ. މީގެ އިތުރުން ނުހެދި ހުރި ރިސޯޓުތަކުގެ މަސައްކަތް ހަލުވިކުރުމަށް އިންވެސްޓަރުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަން ވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މި ބަދަލުތަކާއެކު، ރިސޯޓު ތަރައްޤީކުރުމަށް ހުޅުވާލެވިފައިވާ ފުރުޞަތުތައް އިތުރުވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާވެގެންދާނެކަމަށް ބެލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.