ތޫފާން ޔާގީ
ދުނިޔެ
17 Sep 2024 | 09:39
ތޫފާން ޔާގީ: މިއަންމާއިން 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

މިޔަންމާގައި ތޫފާން ޔާގީގެ ސަބަބުން ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 100 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

އެގައުމުގެ ވެރިކަން ކުރާ ޖުންޓާގެ ތަރުޖަމާނު ޒައު މިން ތޫން އާދީއްތަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ 113 މީހުން މަރުވެފައިވާކަން ކަށަވަރުވެފައިވާ ކަމަށާއި އިތުރު 64 މީހަކު ގެއްލިފައިވާ ކަމަށެވެ.

އޭއެފްޕީ ނިއުސް އެޖެންސީން ބުނި ގޮތުގައި 320،000 އަށް ވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ދާން މަޖުބޫރުވެފަ އެވެ.

މިއަހަރު އޭޝިއާގައި އުފެދުނު އެންމެ ބާރުގަދަ ތޫފާން ކަމަށްވާ ޔާގީ ވަނީ ވިއެޓްނާމާއި ލާއޯސް އާއި ޗައިނާގެ ރަށެއް ކަމަށްވާ ހައިނާން އަދި ފިލިޕީންސްގެ އެކި ހިސާބުތަކަށް އެރުމުގެ ސަބަބުން ގެއްލުން ލިބިފަ އެވެ.

މިޔަންމާއަށް ތޫފާނުގެ އަސަރު ކުރުމުގެ ކުރިން ޔާގީގެ ސަބަބުން 287 މީހުން މަރުވެފައިވާ ކަމަށް ބެލެވެ އެވެ.

މިޔަންމާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހުކުރު ދުވަހުގެ ހަވީރުގެ ނިޔަލަށް ގާތްގަނޑަކަށް 66،000 ގެ އެއްކޮށް ހަލާކުވެފައިވާއިރު، 375 ސްކޫލަކާއި މޮނެސްޓްރީއެއް ވަނީ ހަލާކުވެފަ އެވެ. އެތައް މަގާއި އެހެނިހެން އުމްރާނީ ވަސީލަތްތައް ވަނީ ފުނޑުފުނޑުވެފަ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ޔާގީ މިޔަންމާއާ ދުރަށް ދަތުރުކުރާނޭ ކަމަށް ބެލެވެ އެވެ. އަދި ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ހުޅަނގު ޕެސިފިކް ސަރަހައްދުގައި އިތުރު ޓްރޮޕިކަލް ޑިޕްރެޝަނެއް އުފެދިގެން ދާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.
10 Sep 2026
ވަކީލުންގެ ބޮޑު ޓީމަކާއެކު ނާކާމިޔާބު: ކެނެބިސް ޓްރެފިކުކުރުމުގެ ކުށުން ކުށްވެރިވެ އުމުރަށް ޖަލަށް
މި މައްސަލާގައި ޝަރީފްގެ ދިފާއީ ވަކީލުންގެ ގޮތުގައި ހަތަރު ވަކީލުން ހިމެނޭ ގާނޫނީ ޓީމެއް މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި މަޝްހޫރު ބައެއް ވަކީލުން ވެސް ހިމެނެ އެވެ.
10 Sep 2026
ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
ހައްޖު ކޯޕަރޭޝަނުން ބުނީ މި ބައްދަލުވުމުގައި ވަނީ ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
10 Sep 2026
މިރެއިން ފެށިގެން ބަދަލެއް؛ ބީއެމްއެލުން ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލަނީ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް"ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް ޓީމުން ހޯދައިފިއެވެ.
10 Sep 2026
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 28.73 ބިލިއަން ރުފިޔާއަށް
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި، ޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަތައްވެސް މި މުއްދަތުގައި އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ
10 Sep 2026
އެމްއެންޔޫއިން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް
އެމް.އެން.ޔޫ އިން ބުނި ގޮތުގައި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ސްކޫލް ނިންމާ ދަރިވަރުންނަށް އެކުދިންގެ މުސްތަޤުބަލާ މެދު ބިނާކުރަނިވި ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނޭކަމަށެ