ނަޖީރިއާގައި ފެންބޮޑިވެފައި:ފޮޓީ/ރޮއިޓާސް
ދުނިޔެ
17 Sep 2024 | 09:57
ނައިޖީރިއާގައި ފެންބޮޑުވެ ޖަލުގެ ފާރު ވެއްޓި އެތައް ސަތޭކަ ގައިދީންނެއް ފިލައިފި

ނައިޖީރިއާގެ އިރުއުތުރުގައި އޮންނަ ޖަލެއްގެ ފާރުތައް ވެއްޓި 281 ގައިދީއަކު ފިލާފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

ނައިޖީރިއާ ކަރެކްޝަނަލް ސާވިސަސްގެ ތަރުޖަމާނު އުމަރު އަބޫބަކުރު އާދިއްތަ ދުވަހުގެ ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ގައިދީން ފިލާފައިވާކަން އެނގުމުން މިދިޔަ ހަފުތާގައި މައިދުގުރީގެ މައި ޖަލު  ހުސްކުރަން އޮފިސަރުން މަސައްކަތް ކުރި ކަމަށެވެ.

ފެންބޮޑުވުމުގެ ސަބަބުން ކަރެކްޝަނަލް ފެސިލިޓީތަކުގެ ފާރުތަކުގެ އިތުރުން މީޑިއަމް ސެކިއުރިޓީ ކަސްޓޯޑިއަލް ސެންޓަރުގެ އިތުރުން އެ ސިޓީގެ ސްޓާފް ކުއާޓާތައް ވެސް ވަނީ ވެއްޓިފައި ކަމަށް އަބޫބަކުރު ވިދާޅުވި އެވެ.

އަދި އޭގެ ތެރެއިން ހަތް ގައިދީއަކު ސަލާމަތީ ބާރުތަކުން އަތުލައިގަނެވުނު ކަމަށާއި ބާކީ ތިބި މީހުން ހޯދުމުގެ އޮޕަރޭޝަނެއް އަދިވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ބޮޑު ޑޭމެއް ވެއްޓި ފެންބޮޑުވެ 30 މީހުން މަރުވެ، މިލިއަނަކަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލި، ބޯނޯ ސްޓޭޓްގެ އެކި ހިސާބުތަކުން މީހުން ހުސްކުރަން ޖެހުނެވެ.

ސްޓޭޓް ސަރުކާރުން ބުނީ އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ޑޭމް ކެޕޭސިޓީގައި ހުރި ކަމަށެވެ.

މީގެ ދެ އަހަރު ކުރިން ނައިޖީރިއާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެ ގައުމުގެ އެކި ހިސާބުތަކުގައި 600 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ހުޅަނގު އެފްރިކާގައި ފާއިތުވި އަހަރުތަކުގައި ފެންބޮޑުވުމުގެ ސަބަބުން 2.3 މިލިއަނަށްވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވާ އިރު، މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު ތިން ގުނަ އިތުރު އަދަދެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.